Roadha Mihaaru
ހުރިހާ ޓިކެޓެއް ގަނެ ފްލައިޓްގައި ދެމަފިރިން އެކަނި!

ކޮވިޑްގެ ބިރަށް ބޯޓެއްގެ ހުރިހާ ޓިކެޓެއް ގަނެ ދެމަފިރިން އެކަނި ދަތުރުކޮށްފި

13 ޖެނުއަރީ 2021

އާ އަހަރު ފާހަގަކުރަން ދަތުރުކުރާ މީހުން ގިނަކަމުން އެ މީހުންގެ ފަރާތުން ކޮވިޑް-19 ޖެހިދާނެތީ، މުއްސަނދި ދެމަފިރިއަކު ކޮމާޝަލް ފްލައިޓެއްގައި އެކަނި ބާލީ އަށް ދަތުރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާ އަހަރު ފާހަގަކުރަން ދަތުރުކުރާ މީހުން ގިނަކަމުން އެ މީހުންގެ ފަރާތުން ކޮވިޑް-19 ޖެހިދާނެތީ، މުއްސަނދި ދެމަފިރިއަކު ކޮމާޝަލް ފްލައިޓެއްގައި އެކަނި ބާލީ އަށް ދަތުރުކޮށްފި އެވެ.

މި ދަތުރުގެ ވާހަކަ އެ މީހުންގެ އިންސްޓަގްރާމް ސްޓޯރީގައި ހާމަކުރުމާ އެކު މީޑިއާތަކުގެ ފަލަ ސުރުހީތަކަށް ވެސް އަރައި އާންމުންގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ލިބިފައިވެ އެވެ.

ވިޔަފާވެރިއެއްގެ ގޮތުގައި މަޝްހޫރު އިންޑޮނީޝިއާގެ ރިޗަޑް މުލްޖާޑީ އާއި ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެނުން ޝަލްވީން ޗަންގް އާ އަހަރު ފާހަގަކުރަން ބާލީ އަށް ދަތުރުކުރީ ކޮމާޝަލް އެއާލައިނެއް ކަމަށްވާ ބެޓިކް އެއާގެ ފްލައިޓެއްގެ ހުރިހާ ސީޓެއްގެ ޓިކެޓް ގަނެގެންނެވެ. އެ މީހުންގެ ދަތުރުގައި ބޯޓް އޮތީ ހުސްކޮށެވެ. އެ ބޯޓަކީ ބިޒްނަސް ކުލާހުގެ 12 ޖާގަ އާއި އިކޮނޮމީ ކުލާހުގެ 150 ޖާގައިގެ ބޯޓެކެވެ.

ރިޗަޑްގެ އިންސްޓަގްރާމް ޕޯސްޓް.

ރިޗަޑްގެ އިންސްޓަގްރާމް ޕޯސްޓް.

ހުސްކޮށް ދަތުރުކުރި ފްލައިޓްގެ ވާހަކަ އިންސްޓަގްރާމްގައި ރިޗަޑް ހާމަކުރީ ޕްރައިވެޓް ޖެޓެއް ޗާޓަރުކޮށްގެން ދަތުރުކުރުމަށް ވުރެ ބެޓިކްގެ ހުރިހާ ޓިކެޓެއް ގަނެގެން ދަތުރުކުރުން މާ އަގުހެޔޮ ކަމަށް ބުނެ އެވެ. ދަރުތަށް ހަރަދުވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ގާތްގަނޑަކަށް 75 މިލިއަން އިންޑޮނީޝިއަން ރުޕިއާ (7،010 ޑޮލަރު) އެވެ.

ދެމަފިރިން އެކަނި ކުރި ދަތުރުގެ ވާހަކަ، ބެޓިކް އެއާ އޮޕަރޭޓްކުރާ ލަޔަން އެއާ ގްރޫޕުން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އެ ކުންފުނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިކް ހެޑް ޑަނަންގް މަންޑާލާ ރިހާންޓޯރޯ ވިދާޅުވީ ޒުވާން ދެމަފިރިންގެ ދަތުރު ބެޓިކް އެއާ އިން ކުރީ ކުރިން ވެސް ދަތުރުކުރާ ރޫޓުން ކަމަށް ވިޔަސް އެއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ.

ބެޓިކް އެއާ.

ބެޓިކް އެއާ.

މީޑިއާތަކުން ބުނި ގޮތުގައި ރިޗަޑް، 32، އަކީ އިންޑޮނީޝީއާގައި ދެވަނަ އަށް އެންމެ މުއްސަނދި އަންހެނާ ކަރްތީނީ މުލްޖާޑީގެ މާމަދަރިއެކެވެ. އަދި އޭނާ އަކީ ޓެކް ކުންފުނި ޑުއާ ޓެކް ގްލޯބަލްގެ އެއް ބާނީ އެވެ.