09 ޖެނުއަރީ 2021
ޑައިރެކްޓަރު އަލި އައްބާސް ޒަފަރު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "މިސްޓަ އިންޑިއާ" ޓްރިލޮޖީގެ ބަތަލާ އަކީ ޖާންވީ ކަޕީރަށް ވުމަކީ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ވަރަށް އުފާވާނެ ކަމެއް ކަމަށް އަލީ ބުނެފި އެވެ.
ޑައިރެކްޓަރު އަލި އައްބާސް ޒަފަރު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "މިސްޓަ އިންޑިއާ" ޓްރިލޮޖީގެ ބަތަލާ އަކީ ޖާންވީ ކަޕީރަށް ވުމަކީ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ވަރަށް އުފާވާނެ ކަމެއް ކަމަށް އަލީ ބުނެފި އެވެ.
"މިސްޓަ އިންޑިއާ" ގެ ނަމުގައި ސައިންސް ފިކްޝަން ތިން ފިލްމެއް އަލީ ޑައިރެކްޓްކުރާ ގޮތަށް ބޯނީ އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ ގޮތަށް އިއުލާންކުރީ 2019 ގަ އެވެ. އަދި މިކަމާ ގުޅިގެން ކުރީގެ ފިލްމުގެ ޑައިރެކްޓަރާއި އަނިލް ވެސް ވަނީ އެ މީހުންނަށް ރޭކާވެސް ނުލައި "މިސްޓަ އިންޑިއާ" ހަދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އަލީ ބުނީ ކުރީގެ "މިސްޓަ އިންޑިއާ" އާއި އޭނާގެ ޓްރިލޮޖީގެ ނަން އެއްގޮތްވުން ފިޔަވައި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ފިލްމުގެ ކާސްޓާ ބެހޭ ގޮތުން ސުވާލުކުރުމުން އަލީ ވަނީ "މިސްޓް އިންޑިއާ" ގެ ޓްރިލޮޖީގެ ބަތަލާ އަކީ ޖާންވީ އަށް ވުމަކީ ބޯނީގެ އެދުމަކަށް ވެދާނެ ކަމަށް ބުނެފަ އެވެ.
"އެކަމާ އެންމެ އުފާވާނެ މީހަކީ އެއީ. އަދި ކާސްޓިން އަކީ ބޯނީ އާއި ޒީ ގުޅިގެން ނިންމާނެ ކަމެއް،" އަލީ ބުންޏެވެ.
ޖާންވީ އަކީ ސްރީދޭވީ އާއި ބޯނީގެ ދޮށީ ދަރިފުޅެވެ. "މިސްޓަ އިންޑިއާ" ޓްރިލޮޖީ އިން ބޯނީގެ ފިރިހެން ދަރިފުޅު އަރުޖުން ކަޕޫރް ފެނިދާނެތޯ ސުވާލުކުރުމުން އަލީ އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.
"ހަގީގަތުގައި އަދި ފިލްމުގެ ކާސްޓިންއަކާ ހަމައަކަށް ނުދޭ. އެހެންވީމާ ވަރަށް އުނދަގޫ މި ދަނޑިވަޅުގައި އެ ވާހަކަ ދައްކަން." އޭނާ ބުންޏެވެ.
އަލީ، ޖާންވީ އަދި އަރުޖުން.
އަރުޖުން އަކީ އަލީ 2014 ގައި ގެނެސްދިން ފިލްމު "ގުންޑޭ" ގެ އެއް ބަތަލެވެ. އެ ފިލްމުގެ އަނެއް ބަތަލަކީ "މިސްޓަ އިންޑިއާ" ޓްރިލޮޖީ އިއުލާންކުރި ދުވަސްވަރު ފިލްމުގެ ބަތަލުގެ ކަމަށް ބުނެ އަޑު އެރި ރަންވީރު ސިންގް އެވެ. އޭރު އެރި އަޑުތަކަށް ބަލާ އިރު ފިލްމުގެ ވިލަން އަކީ ޝާހްރުކް ޚާނެވެ.
"މިސްޓަ އިންޑިއާ" ޓްރިލޮޖީއާ ބެހޭ ބައެއް ވާހަކަތައް ހިއްސާކުރަމުން އަލީ ބުނިގޮތުގައި އެ ފިލްމަކީ ވަރަށް ތަފާތު ގޮތަކަށް ގެނެސްދޭނެ އިންޓަނެޝަނަލް ފެންވަރުގެ ސައިންސް ފިކްޝަން ފިލްމަކަށް ވާނެ އެވެ. އަދި ފިލްމުގެ މަންޒަރުތައް އިންޑިއާގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ޝޫޓްކުރާނެ އެވެ.
"އެކަމަކު ފިލްމުގެ ވަރަށް ބޮޑުބައި ޝޫޓްކުރާނީ އެކަމަށް ހާއްސަކޮށްގެން ހަދާ ސެޓްތަކެއްގައި،" އަލީ ބުންޏެވެ. "މިއީ ވަރަށް ބޮޑު ބަޖެޓަކުން ވެސް ހަދާނެ ފިލްމެއް. ހާއްސަކޮށް ފިލްމުގައި ވަރަށް ގިނަ އަދަދަކަށް ވީއެފްއެކްސް ވެސް ހިމެނެނޭ."
"މިސްޓަ އިންޑިއާ" ޓްރިލޮޖީގެ މަސައްކަތް ފަށާނީ ކެޓްރީނާ ކައިފާ އެކު، އަލީ މިހާރު ހަދަން ތައްޔާރުވަމުން އަންނަ ސުޕަހީރޯ ފިލްމު "ސުޕަ ސޯލްޖާ" ނިންމައިލުމަށް ފަހު އެވެ.
"ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" އަދި "ބާރަތރު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު މިހާރު އަންނަނީ އޭނާގެ އަލަތު ވެބް ސީރީޒް "ތަންޑަވް" މި މަހުގެ 15 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ތައްޔާރުވަމުންނެވެ.
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
އާޗީ ކޮމިކަށް ޒޯޔާ ފިލްމެއް ހަދާކަން ކަށަވަރުކޮށް ދީފި
ޝާހްރުކްގެ ފިލްމެއްގައި ބޫމީ ނޫސްވެރިޔަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އާޗީ އަކީ ސައިފްގެ ދަރިފުޅު އިބްރާހީމް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޖާންވީގެ އެންމެ ވަރުގަދަ ކްރިޓަކީ އެއްބަފާ ދައްތަ
ބޯނީ ކަޕޫރް ޑައިރެކްޝަނަށް ނުކުންނަނީ
މުޒާހަރާއާ ހެދި ޖާންވީގެ ފިލްމަށް ހުރަސްތަކެއް