Roadha Mihaaru
ފަތްޖެހޭ ފޯނެއްގެ މަސައްކަތް އެޕަލް އިން ވެސް ކުރަނީ؟

ފަތްޖެހޭ ފޯނެއްގެ މަސައްކަތް އެޕަލް އިން ވެސް ކުރަނީ؟

17 ޖެނުއަރީ 2021

ސްމާޓްފޯނު އުފައްދާ ކުންފުނިތަކުން ފަތްޖެހޭ ފޯނު އުފެއްދުމުގެ ރޭހަށް ނުކުމެ ސެމްސަންގާއި އެހެން ބައެއް ކުންފުނިތަކުން މީގެ ފޯނުތައް އުފައްދާފައި ވަނިކޮށް އެޕަލް އިން ވެސް މިކަން ކުރަން އުޅޭ ކަމަށް ވާހަކަދެކެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯނު އުފައްދާ ކުންފުނިތަކުން ފަތްޖެހޭ ފޯނު އުފެއްދުމުގެ ރޭހަށް ނުކުމެ ސެމްސަންގާއި އެހެން ބައެއް ކުންފުނިތަކުން މީގެ ފޯނުތައް އުފައްދާފައި ވަނިކޮށް އެޕަލް އިން ވެސް މިކަން ކުރަން އުޅޭ ކަމަށް ވާހަކަދެކެވެން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން އެހެން ކުންފުނިތަކުން ދައްކައިލި ފަތްޖެހޭ ފޯނުތަކަށް ދޫނުކުރާ ވަރުގެ އުފެއްދުމަކަށް އެޕަލް އިން މިހާރު ވެސް ވަނީ މަަސައްކަތް ފަށައިފަ އެވެ. އެގޮތުން ކުންފުނީގެ އެތެރޭގައި ވަރަށް ސިއްރިއްޔާތުން މިހާރު ވަނީ ފަތްޖެހޭ އައިފޯނެއްގެ ޕްރޮޓޯޓައިޕެއްގެ މަސައްކަތް ފަށާފައު ކަމަށް ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުންޏެވެ.

އެޕަލް އަކީ އަބަދު ވެސް އުފެއްދެއް ނެރުމާ ހަމައަށް ވަރަށް ސިއްރުސިއްރުން އުޅޭ ކުންފުންޏަކަށްވާތީ ފަތްޖެހޭ އައިފޯނު ނެރުމާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް ރަސްމީ ސިފައެއްގައި ދައްކައިފައެއް ނުވެ އެވެ.

ބްލޫމްބާގުން ބުނެފައިވާ ގޮތުގައި އެޕަލްގެ ފަތްޖެހޭ ފޯނުގެ ޕްރޮޓޯޓައިލްގެ ސްކްރީން ފުރަތަމަ މަރުހަލާގައި ސެމްސަންގާއި މޮޓޮރޯލާ ފަދަ ކުންފުނިތަކުގެ ފަތްޖެހޭ ފޯނާ ވައްތަރު ގޮތެއް ހުންނާނެ ކަމަށް ބެލެވުނަސް މިއީ ބޮޑު ތަފާތެއް ގެނެސްދޭނެ އެއްޗަކަށް ވާނެ އެވެ.

މީޑިއާތަކުން ބުނާ ގޮތުން އެޕަލްގެ ފަތްޖެހޭ ފޯނުވާނީ ބަލާލެލުމަށް އެއީ ފަތްޖެހޭ ފޯނެއްކަން އެއްވެސް ވަރަކަށް ނޭނގޭ ކަހަލަ އަދި ސައިޒްގެ ގޮތުން އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 12 ޕްރޯއާ އެއްވަރުގެ އެއްޗަކަށެވެ.

ނަމަވެސް އެޕަލްގެ ފަތްޖެހޭ ފޯނު ހަގީތަކަށް ވާނެ އިރެއް އަދި ނޭނގެ އެވެ.

ޓިމް ކުކް އިސްކޮށް ހުންނަވާ އެޕަލްއާ ބެހޭ ގޮތުން މި ފަހުން އެންމެ ބޮޑަށް އަރާފައިވާ އެއް އަޑަކީ އެ ކުންފުނިން "ސެލްފް-ޑްރައިވިން" ކާރު އުފައްދަން އުޅޭ ވާހަކަ އެވެ. އަދި އަމާޒަކީ 2024 ނުވަތަ 2025 ގައި މިކަން ހަގީގަތަކަށާށް ހެދުމެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ވެސް އެޕަލް އޮތީ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުންނެވެ.