ވާޗުއަލް ރިއަލިޓީ (ވީއާރް) ހެޑްސެޓަކީ މިހާރު ވަރަށް ގިނަ ކަންކަމުގައި ބޭނުންކުރާ ވަސީލަތެކެވެ. އޭގެ ތެރޭގައި ވީޑިއޯ ގޭމާއި ވީޑިއޯތައް ބެލުމާއި މުއާސަލަތީ ބޭނުންތައް ހިމެނެ އެވެ. ވީއާރް ހެޑްސެޓްގައި މިހާރު އެންމެ ނަގާ ކިޔާ ބަޔަކީ ފޭސްބުކްގެ ދަށުން ހިންގާ އޮކިއުލަސް އެވެ.
08 ފެބުރުއަރީ 2021
ވާޗުއަލް ރިއަލިޓީ (ވީއާރް) ހެޑްސެޓަކީ މިހާރު ވަރަށް ގިނަ ކަންކަމުގައި ބޭނުންކުރާ ވަސީލަތެކެވެ. އޭގެ ތެރޭގައި ވީޑިއޯ ގޭމާއި ވީޑިއޯތައް ބެލުމާއި މުއާސަލަތީ ބޭނުންތައް ހިމެނެ އެވެ. ވީއާރް ހެޑްސެޓްގައި މިހާރު އެންމެ ނަގާ ކިޔާ ބަޔަކީ ފޭސްބުކްގެ ދަށުން ހިންގާ އޮކިއުލަސް އެވެ.
އެޕަލް ކުންފުނިން ވެސް ވީއާރް ހެޑްސެޓް ނެރެން އަންނަނީ ތައްޔާރުވަމުންނެވެ. ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތްރީޑީ އެކުލެވޭ ވަރަށް ވަރުގަދަ އިތުރު ފީޗާތަކާ އެކު އެޕަލްގެ ވީއާރް ހެޑްސެޓް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ނެރުމުގެ ފުރުސަތު ބޮޑެވެ.
ބިޒްނަސް އިންސައިޑާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޯޑް ނަމަކަށް "އެން301" ގެ ނަން ދީފައިވާ ޑިވައިސްގައި ލިމިޓެޑް އޮގްމެންޓެޑް ރިއަލިޓީ ފަންކްޝަންތައް ވެސް ހިމެނޭ ގޮތަށް އެޕަލް އިން ނެރޭނެ ހެޑްސެޓްގެ ޕްރޮޓޯޓައިޕް ވެސް މިހާރު އޮތީ ފައްކާކޮށްފަ އެވެ. އެހެންވެ ދެން އޮތީ ހަގީގީ މަސައްކަތާ ދިމާއަށް ދިއުމެވެ. މީގައި އެޕަލް އިން ބޭނުންކުރާނެ ކަމަށް ބުނާ ކަންކަމުގެ ތެރޭގައި 8ކޭ ޑިސްޕްލޭ އާއި ލިޑާރް ޓެކްނޮލޮޖީ އާއި އެޕަލްގެ އަމިއްލަ ޗިޕާއި 12 ކެމެރާ ހިމެނެ އެވެ.
އެކަމަކު މިއާއެކު މި ވަނީ މާޔޫސްވާނެ ކަހަލަ ވާހަކައެއް ވެސް ތިލަވެފަ އެވެ. އެއީ އާދައިގެ މީހަކު އަތްފޯރާ ވަރަށް ވުރެ ޓިމް ކުކްގެ އެޕަލްގެ ވީއާރް ހެޑްސެޓްގެ އަގުބޮޑުވާނެ ކަމަށް ބެލެވުމެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޮކިއުލަސްގެ "ކްއެސްޓް 2" 300 ޑޮލަރު (4,626ރ.) އަށް ލިބުނަސް، އެޕަލްގެ ޑިވައިސް ބާޒާރަށް ނެރޭ އިރު 3،000 ޑޮލަރު (46,260ރ.) އަށް ވުރެ އަގު ހެވެއް ނުވާނެ އެވެ. އަދި ޑިވައިސްގެ ފުރަތަމަ އަހަރުގެ ތެރޭގައި 25،000 ޔުނިޓް ވިއްކާނެ އެވެ.
އިންތިޒާރުކޮށްލަން ޖެހެނީ ވީއާރް ހެޑްސެޓާ ބެހޭ ގޮތުން އެޕަލް އިން ރަސްމީކޮށް އެއްޗެއް ބުނާނެ އިރަކަށެވެ.
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އެެޕަލްގެ ކާރު ޑިވިޝަނަށް އާ ވެރިއެއް
އެޕަލް އިން ހޯމްޕޮޑް ވެސް ހުއްޓާލަނީ
އެޕަލް ސްމާޓް އައިނު ހަގީގަތަކަށް ވަނީ!
ފަތްޖެހޭ ފޯނެއްގެ މަސައްކަތް އެޕަލް އިން ވެސް ކުރަނީ؟
އެޕަލްގެ ފޭސް އައިޑީ ހުރިހާ އުފެއްދުމަކަށް
ގައުމީ ދިދަތަކުގެ ކުލައިން އެޕަލް ގަޑީގެ ބޭންޑްތަކެއް
އެޕަލްގެ ކާރު ޕްރޮޖެކްޓަކާ ގުޅުމެއް ނެތް: ނީސާން
އެޕަލް އިން "ސެލްފް ހީލިން" ފަތްޖެހޭ ފޯނެއް ނެރެނީ
އެޕަލްގެ ފުރަތަމަ ފްލޯޓިން ފިހާރަ ސިންގަޕޫރުގައި