ރިސޯޓުތަކުން ސާވިސް ޗާޖާއި މިނިމަމް ވޭޖް ދިނުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ލޭބަ ރިލޭޝަންސް އޮތޯރިޓީ ހާޒިރުކުރަން ނިންމައިފި އެވެ.
14 ފެބުރުއަރީ 2022
ރިސޯޓުތަކުން ސާވިސް ޗާޖާއި މިނިމަމް ވޭޖް ދިނުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ލޭބަ ރިލޭޝަންސް އޮތޯރިޓީ ހާޒިރުކުރަން ނިންމައިފި އެވެ.
މިއަދު އެ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި މިކަން ބެލުމަށް ހުށަހެޅީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އެވެ. މިކަމަށް ތާއީދުކުރެއްވީ މަޑުއްވަރީ ދާއިރަގެ މެންބަރު އާދަމް ޝަރީފެވެ.
މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ، މިނިމަމް ވޭޖަށް އަމަލުކުރަން ފެށިތާ މަހެއް ވީ އިރު ރިސޯޓުތަކުން މިކަން ކަމަށް އަމަލުކުރަނީ ކިހާވަރަކަށްތޯ ބެލުން ވަރަށް މުހިއްމު ކަމަށެވެ. އަދި ގާނޫނުން މިކަންކަން ބެލުމަށް މަތިކޮށްފައި ވަނީ ލޭބާ ރިލޭޝަންސް އޮތޯރިޓީ ކަމަށްވާތީ އެ އިދާރާގެ މެންބަރުންނަށް އަމަލުކުރަނީ ކިހާ ވަރަކަށްތޯ ބެލުން މުހިއްމު ކަމަށެވެ. މީގެ އިތުރުން ސާވިސް ޗާޖު ދިނުމުގައި ވެސް ބޮޑެތި އޮޅުވާލުންތައް ވެސް އޮޅުވާލާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެބަހުރި ޝަކުވާތައް ހުށަހެޅިިފައި ބައެއް ރިސޯޓުތަކުން އެހެން ކުންފުންޏެއްގެ ނަމުގައި ރިސޯޓު މުވައްޒަފުން ނަގާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މިފަދަ މައްސަލަތަކުގައި ލޭބާ އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތައް ބެލުން ވަރަށް މުހިއްމެވެ.
ރާއްޖޭގެ ގިނަ ރިސޯޓުތައް ހިމެނެނީ އެންމެ ބޮޑެތި ވިޔަފާރިތަކުގެ ލިސްޓުގައި ކަމުން އެންމެ އާދައިގެ ވަޒީފާގައި އުޅޭ މުވައްޒަފުންނަށް ވެސް 8،000ރ. މިހާރު ލިބޭނެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ 150 އެއްހާ ރިސޯޓުގައި 16،000 ވުރެ ދިވެހިން ވަޒީފާ އަދާކުރެ އެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތްކުރަނީ ހައުސިން ކީޕިން އާއި ރެސްޓޯރެންޓާއި ރިސޯޓުތަކުގެ ލޯންޗުތަކުގެ ކްރޫންގެ ގޮތުގަ އެވެ. މިނިމަމް ވޭޖާ އެކު އެ އެންމެންގެ މުސާރަ ވެސް ބޮޑުވާން ޖެހެ އެވެ. މިނިމަމް ވޭޖާ އެއްގޮތަށް ގިނަ ރިސޯޓުތަކުން މުސާރަ ދިން ނަމަވެސް ބައެެއް ތަންތަނުން އެކަމުގައި އޮޅުވާލާފައިވާ ކަމަށް ބައެއް ރިސޯޓު މުވައްޒަފުން ބުނެފައިވެ އެވެ.
ސާވިސް ޗާޖު ލިސްޓުގެ ކުރިއަށް އަނެއްކާވެސް ވެލާ
ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މި މަހު އިތާފުށި
ސާވިސް ޗާޖު ދިނުމުގައި ޗުއްޓީ ދުވަސްތައް ގުނަންޖެހޭނެ
ވެލާގެ މިމަހުގެ ސާވިސް ޗާޖް: މީހަކަށް 62،899ރ.
އިތާފުށިން މި މަހު ސާވިސްޗާޖަށް ބައިލައްކަ ރުފިޔާ
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.
ސާވިސް ޗާޖަށް ހަތަރު ރިސޯޓަކުން 30،000ރ.
ރިޒް ކާލްޓަންގެ ކޮންމެ މުވައްޒަފަކަށް 70،000ރ.
ސާވިސް ޗާޖު ބޮޑުކޮށް ދޭ ރިސޯޓުތަކުގެ ލިސްޓަށް ބަދަލެއް
ރިސޯޓް ކުލި ކުޑަކުރުމާއި މިިނިމަމްވޭޖާ ގުޅުމެއް ނެތް