Roadha Mihaaru
ދަނޑުވެރިންގެ މުޒާހަރާ ހޫނުވެ ދިއްލީގެ މަގުތައް ބަންދު

ދަނޑުވެރިންގެ މުޒާހަރާ ހޫނުވެ ދިއްލީގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް

27 ޖެނުއަރީ 2021

ނިއު ދިއްލީ (ޖެނުއަރީ 27) - އިންޑިއާގެ ދަނޑުވެރިންގެ މުޒާހަރާ ވަރުގަދަވެ ދިއްލީ އަށް އަރައި އިއްޔެ ހިންގި ބޮޑު ހަމަނުޖެހުމަށް ފަހު ވެރިރަށުގެ މަގުތައް ބަންދުކޮށް ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖެނުއަރީ 27) - އިންޑިއާގެ ދަނޑުވެރިންގެ މުޒާހަރާ ވަރުގަދަވެ ދިއްލީ އަށް އަރައި އިއްޔެ ހިންގި ބޮޑު ހަމަނުޖެހުމަށް ފަހު ވެރިރަށުގެ މަގުތައް ބަންދުކޮށް ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފި އެވެ.

އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގެ ދަނޑުވެރިން ބޭނުން ވަނީ ދަނޑުވެރިކަމުގެ ދާއިރާ އަށް ހެޔޮ ބަދަލުތަކެއް ގެނައުމަށެވެ. ދަނޑުވެރިންނާއި ސަރުކާރު އެ ޚިޔާލު ތަފާތުވުމުގައި އުޅޭތާ ދެ މަހެއްހާ ދުވަސްވެއްޖެ އެވެ. ދަނޑުވެރިންގެ ޔޫނިއަން އާއި ސަރުކާރާ ދެމެދު އަށް ފަހަރަށް ބޭއްވި މަޝްވަރާތައް ވެސް ވަނީ ފެއިލްވެފަ އެވެ. އެންމެ ފަހުން އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް ދަނޑުވެރިން ވަނީ ފައިމަގުގަ އާއި ޓްރެކްޓަރުތަކުގައި ދިއްލީ އަށް އިއްޔެ އަރައިފަ އެވެ. ބެރިކޭޑްތައް ފަޅާލައި އެ މީހުން ވަނީ މަޝްހޫރު ރެޑް ފޯޓަށް ވަދެފަ އެވެ. ދަނޑުވެރިން ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ.

ހަމަނުޖެހުމުގައި އެއް ދަނޑުވެރިއަކު ވަނީ މަރުވެފަ އެވެ. ފުލުހުން ބުނެފައި ވަނީ އެ މީހާ މަރުވެފައި ވަނީ އޭނާ ދުއްވި ޓްރަކްޓަރު ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓްވެގެން ކަމަށެވެ. ފުލުހުންގެ ތެރޭން 86 މީހުން ޒަޚަމްވި ކަމަށް ބުނެފައިވެ އެވެ.

އިންޑިއާގެ ދަނޑުވެރިން ޓްރެކްޓަރުގައި ދިއްލީ އަށް ވަންނަނީ. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ ދަނޑުވެރިން ޓްރެކްޓަރުގައި ދިއްލީ އަށް ވަންނަނީ. --ފޮޓޯ:އޭއެފްޕީ

މުޒާހަރާ އަށް ފަހު ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ ދިއްލީގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ޕެރަމިލިޓަރީ ސިފައިންނަށް އަންގަވައިފަ އެވެ. ރެޑް ފޯޓުގައި ވެސް ފުލުހުންނާއި ސިފައިން ދަނީ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

ދަނޑުވެރިންގެ އެކި ގްރޫޕްތަކުން އިއްޔެ ވަނީ މުމްބާއީ އާއި ބެންގަލޫރު އަދި ހަރިޔާނާ ސްޓޭޓުގައި ވެސް މުޒާހަރާތައް ބާއްވައިފަ އެވެ.

ދަނޑުވެރިންގެ މުޒާހަރާ އަކީ 2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރަށް ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. އިންޑިއާގެ 1.3 ބިލިއަންގެ އާބާދީގެ 70 ޕަސެންޓް މީހުންގެ ދިރިއުޅުމުގެ އެކި ކަންކަން ހަމަޖައްސަނީ ދަނޑުވެރިކަމުން ލިބޭ އާމްދަނީންނެވެ.

އިންޑިއާގެ ދަނޑުވެރިންގެ މުޒާހަރާގައި ފުލުހުންނާ ކުރިމަތިލުން ހިންގަނީ. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ ދަނޑުވެރިންގެ މުޒާހަރާގައި ފުލުހުންނާ ކުރިމަތިލުން ހިންގަނީ. --ފޮޓޯ:އޭއެފްޕީ

ސަރުކާރުން ތުހުމަތު ކުރަނީ ދަނޑުވެރިންގެ މުޒާހަރާގެ ފަހަތުގައި ވަނީ އިދިކޮޅު ފަރާތްތައް ކަމަށެވެ.

"ދަނޑުވެރިންގެ ހައްގުތައް ހޯދަން އެ މީހުން އެވަރަށް މަސައްކަތް ނުކޮށް، އެ މީހުން ކައިގެން ބޮއެގެން އުޅޭނީ ކިހިނެއް؟ އަހަރެން މިހުރީ ދަނޑުވެރިންނާ އެކު،" ރެޑް ފޯޓާ ކައިރީގައި ދިރިއުޅޭ 55 އަހަރުގެ މާޖިދު އަލީ ބުންޏެވެ.