Roadha Mihaaru
ކޮވިޑު ވެކްސިން ޖެހި މީހުންގެ އަދަދު 880 އަށް

ކޮވިޑު ވެކްސިން ޖެހި މީހުންގެ އަދަދު 850 އިން މައްޗަށް

02 ފެބުރުއަރީ 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އަދަދު 850 އިން މައްޗަށް އަރައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ އަދަދު 850 އިން މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މާލެ އާއި ރާއްޖޭގެ ދެ ސަރަހައްދަކުން ޖުމުލަ 880 މީހުން އިއްޔެ އާއި މިއަދު ވެކްސިން ޖަހާފައިވާ ކަމަށެވެ. މިއަދު އެކަނި ވެސް 554 މީހަކު ކޮވިޝީލްޑް ވެކްސިން ޖަހާފައި ވެ އެވެ.

ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ މާލެ ސަރަހައްދުން ޖުމުލަ 666 މީހަކު މިހާތަނަށް ވަނީ ވެކްސިން ޖަހައިފަ ވެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ އިއްޔެ ކަމަށް ވާއިރު، ވެކްސިން ދެނީ މާލެ ސަރަހައްދުގެ ހަ މަރުކަޒެއްގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި އައްޑޫގަ އެވެ.

ރާއްޖޭގައި ދެނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑާއި އެސްޓްރަޒެނެކާ ކުންފުނީގެ އިންޑިއާ ވާޝަން "ކޮވިޝީލްޑް" ވެކްސިން އެވެ. އެ ވެކްސިންގެ އެއް ލައްކަ ޑޯޒު ރާއްޖެ އަށް ހަދިޔާކުރީ އިންޑިއާއިންނެވެ. އެސްޓްރަޒެނެކާގެ ވެކްސިން ގިނަ ގައުމުތަކެއްގައި އުފައްދާ އިރު ރާއްޖެ އަށް ގެނައީ އިންޑިއާގެ ސީރަމް އިންސްޓްޓިއުޓްގެ ޕްލާންޓުގައި އުފެއްދި ވެކްސިނެވެ. ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މާދަމާ ވެކްސިން ދޭން ފަށާނެ އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް "މިހާރު" އަށް ވިދާޅުވީ އަމާޒަކީ ރާއްޖޭގައި ތިބި ހުރިހާ ހެލްތު އަދި އަދި ސޯޝަލް ވޯކަރުންނަށް 10 ދުވަސް ތެރޭގައި ވެކްސިން ޖެހުމެވެ.

އެ އަށް ފަހު އަންނަ ބުރާސްފަތި ދުވަހު ހުރިހާ ހެލްތު ސެންޓަރެއްގައި ވެކްސިން ޖަހާނެ އެވެ.

ރާއްޖޭގެ އާބާދީ 500،000 އަށް އަރާފައިވާ އިރު ސަރުކާރުގެ ވިސްނުމަކީ މި ގައުމުގައި ތިބި ބިދޭސީން ހިމެނޭ ގޮތުން އެންމެންނަށް ހިލޭ ވެކްސިން ދިނުމެވެ. މީގެ ތެރެއިން އަދި އިސްތިސްނާ ވަނީ މާބަނޑު މީހުންނާއި އުމުރުން 18 އަހަރު ނުފުރޭ ކުދިންނެވެ.