08 ޖެނުއަރީ 2022
މާލޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ރޫޅާލައި އަދި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަނީ ގާނޫނާ އެއްގޮތަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ރޫޅާލައި އަދި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަނީ ގާނޫނާ އެއްގޮތަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިދިކޮޅު ކޯލިޝަންގެ މާލޭގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" މުޒާހަރާތައް ރޫޅާލައި، ގިނަ ބަޔަކު ދަނީ ހައްޔަރު ކުރަމުންނެވެ. އެ މުޒާހަރާތައް ރޫޅާލުމުގައި އެކަށީގެންނުވާ ބާރުގެ ބޭނުން ކުރާކަމުގެ ތުހުމަތު ފުލުހުންނަށް ދަނީ އަމާޒުވަމުންނެވެ.
އެކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ބައެއް ސިޔާސީ ޕާޓީތަކުން އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް މިހާރު މުޒާހަރާތައް ބާއްވަމުންދާ ކަމަށާއި އެ މުޒާހަރާތަކުގައި ފުލުހުންނަށާއި ދައުލަތުގެ މުދަލަށް ގެއްލުން ވެސް ދޭ ކަމަށެވެ. އެހެންވެ، އެފަދަ އެއްވުުންތައް ރޫޅާލަނީ ހާލަތާ އެކަށީގެންވާ ބާރުގެ ބޭނުން ކޮށްގެން ކަމަށާއި އަދި މުޒާހަރާގެ ތެރެއިން މީހުން ހައްޔަރުކުރަނީ ވެސް ގާނޫނާ އެއްގޮތަށް އަދި ކޮންމެހެން މީހަކު ހައްޔަރު ކުރަން ޖެހިއްޖެ ހިނދެއްގައި ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
"މުޒާހަރާތަކާއި އެ ނޫން ވެސް ހާލަތްތަކުގައި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރަނީ ޖިިނާއީ އިޖްރައާތުގެ ގާނޫނާއި އެ ނޫން ވެސް ހާއްސަ ގާނޫނަކާ ގުޅޭ ކަމެއް ނަމަ، އެ ގާނޫނަކާ އެއްގޮތަށެވެ. މުޒާހަރާތަކާއި އެ ނޫން ވެސް ހާލަތްތެއްގައި މީހުން ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވަނީ މީހަކު ހައްޔަރުކުރަން ކޮންމެހެން ޖެހިއްޖެ ނަމަ، ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ގާނޫނު ތަންފީޒު ކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުންދާނެ ކަމަށާއި އަދި މީހަކު ހައްޔަރު ކުރުމުގައި ނުވަތަ ބާރުގެ ބޭނުން ކުރުމުގައި އަމަލުކުރި ގޮތަކާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެކަން ފުލުހުންނަށް ހުށަހެޅުމުން ބަލާނެ ކަމަށެވެ. އަދި ފުލުހުންނާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހެޅުމަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މުޒާހަރާކުރި މައްސަލައިގައި އަދުރޭއަށް ތިން ތުހުމަތެއް
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
މުޒާހަރާތެރެއަށް ވަދެގަތް މީހާގެ ސައިކަލް ޓޯ ކޮށްފި
މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރުމުން ކުށްވެރިކޮށްފި
އިދިކޮޅުގެ މުޒާހަރާ ރޫޅާލައި، މީހުން ހައްޔަރު
ޕީޕީއެމް މުޒާހަރާ: ބަންދުކުރި ނުވަ މީހަކު ދޫކޮށްލައިފި
ޔޯގާ ހަމަނުޖެހުން: މުހައްމަދު އިސްމާއިލް ދޫކޮށްލައިފި
ޣައްސާނާއި ސައީދު މިރޭ ފުލުހަށް ހާޒިރުކުރަނީ