10 ނޮވެމްބަރ 2016
ތެހެރާން (ނޮވެމްބަރު 9) - ދުނިޔޭގެ ބާރުތަކާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން އެމެރިކާގެ ރައީސް ކަމަށް ދެން ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕަށް އުވާނުލެއްވޭނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ތެހެރާން (ނޮވެމްބަރު 9) - ދުނިޔޭގެ ބާރުތަކާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުން އެމެރިކާގެ ރައީސް ކަމަށް ދެން ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕަށް އުވާނުލެއްވޭނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
"ނިއުކްލިއާ އެއްބަސްވުމާ ބެހޭ ގޮތުން އީރާނުން ދެކޭ ގޮތަކީ މިއީ އެއްގައުމާ ހަމައިން ނިމޭނެ އެއްޗެއް ނޫންކަން. އެއީ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ނިންމާފައިވާ ކަމެއް. އެހެންވެ ވަކި ގައުމެއްގެ ސަރުކާރަށް އެ އެއްބަސްވުން ބާތިލް ކުރުމުގެ ފުރުސަތެއް ނޯންނާނެ،" ކެބިނެޓުގެ ބައްދަލުވުމެއްގައި ރޫހާނީ ވިދާޅުވި ކަމަށް އެ ގައުމުގެ ރަސްމީ ޓީވީން ބުނެފައިވެ އެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކާ އެކު އީރާނުން މިދިޔަ އަހަރު ގާއިމްކުރި އެއްބަސްވުމުގެ ދަށުން އެ ގައުުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ޝަރުތުކޮށް، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަަވަޅުތައް ވަނީ އުވާލައިފަ އެވެ.
ނަމަވެެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމަކީ "ބޮޑު މުސީބާތެއް" ކަމަށާއި އޭނާ އެންމެ އިސްކަން ދެއްވާނީ އެ އެއްބަސްވުން އުވާލުމަށް ކަމަށް ވދާޅުވެފަ އެވެ.
މެދުމިނުގެ ސިޔާސަތަަކަށް ތާއީދު ކުރައްވާ ރޫހާނީ ވިދާޅުވީ އީރާނާ ދެކޮޅަށް ބިރުދެއްކުމުގެ ކަންކަން ކުރުމުގެ ހައިސިއްޔަތު އެމެރިކާ އަށް ލިބިގެން ނުވާ ކަމަށެވެ. ނިއުކްލިއާ އެެއްބަސްވުމުގެ ފައިދާ ނަގާ އީރާނުގެ އިގްތިސާދު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ރޫހާނާ ވަނީ ވިދާޅުވެފަ އެވެ.
އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމަށް އެންމެ ބޮޑަށް ދެކޮޅު ހެދި ގައުމަކީ އިޒްރޭލެވެ. ޓްރަމްޕް ހޮވުމާ އެކު އިޒްރޭލުން ބުނެފައި ވަނީ އެ ގައުމުގެ ހަގީގީ ރަހުމަތްތެރިއަކު އަދި ކިރިޔާ އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވީ ކަމަށެވެ.
ޓްރަމްޕުގެ ނިންމުމަށް ރޫހާނީ ވަރުގަދަ ރައްދެއް ދީފި
އީރާނުގެ ރައީސް، ޓްރަމްޕަށް އިންޒާރު ދެއްވައިފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
އީރާނުގެ ކަންކަން އޮތީ ރައްޔިތުންނަށް ސިއްރުކޮށްފައި
ރޫހާނީގެ ފާޑުވިދާޅުވުން އީރާނުގެ ޕާލަމެންޓަށް
އީރާންގެ ނިއުކްލިއާ ވާހަކަތައް އަވަހަކަށް ނުފެށޭނެ
އީރާނުގައި 90 ޕަސެންޓަށް ޔޫރޭނިއަމް ފައްކާކުރެވޭނެ
ޓްރަމްޕާ ބައްދަލުކުރާނީ ދަތިކުރުން ހުއްޓާލުމުން: ރޫހާނީ
ރަނގަޅު ވަގުތުގައި ރޫހާނީއާ ބައްދަލުކުރެވިދާނެ:ޓްރަމްޕް
އީރާނާ ހަނގުރާމަ ކުރަން ޓްރަމްޕް ބޭނުމެއް ނުވޭ