Roadha Mihaaru
"ގާޑިއޯލާ ޓީމު ނަގަނީ ނަމަށް ބަލައިގެނެއް ނޫން"

ގާޑިއޯލާ ޓީމު ނަގަނީ ނަމަށް ބަލައިގެނެއް ނޫން: އަގުއޭރޯ

10 ނޮވެމްބަރ 2016

ބީނޯސް އޭރީޒް، އާޖެންޓީނާ (ނޮވެމްބަރު 10) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޓީމު ނަގަނީ ކުޅުންތެރިންގެ ނަމަށް ބަލައިގެނެއް ނޫން ކަމަށާއި ކުޅުންތެރިން ކުރާ މަސައްކަތަށް ބަލައިގެން ކަމަށް އެ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބީނޯސް އޭރީޒް، އާޖެންޓީނާ (ނޮވެމްބަރު 10) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޓީމު ނަގަނީ ކުޅުންތެރިންގެ ނަމަށް ބަލައިގެނެއް ނޫން ކަމަށާއި ކުޅުންތެރިން ކުރާ މަސައްކަތަށް ބަލައިގެން ކަމަށް އެ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.

ސީޒަންގެ ފުރަތަމަ ހަތް މެޗުގައި އަގުއޭރޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނު ނަމަވެސް ސިޓީ އޭގެ ފަހުން ކުޅުނު މެޗުތަކުގައި އަގުއޭރޯގެ ފަރާތުން މޮޅު ކުޅުމެއް ނުފެނެ އެވެ. އަދި ކުޅުން ދަށްވުމުގެ ސަބަބުން އަގުއޭރޯ އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ވެސް ގެއްލުނެވެ. އަގުއޭރޯ އާއި ގާޑިއޯލާއާ ދެމެދު މައްސަލަ ޖެހުނު ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

"ގާޑިއޯލާއާ އަހަންނާ ދެމެދު މައްސަލައެއް ނެތް. ކުޅުން ދަށްވެއްޖެނަމަ ކޮންމެ ކުޅުންތެރިޔަކަށް ވެސް ޓީމުން ޖާގަ ގެއްލޭނެ. އަހަރެން ގާޑިއޯލާއާ ވާހަކަ ދައްކައިފިން. އޭނާ އަކީ ކުޅުންތެރިންގެ ނަމަށް ބަލައިގެން ޓީމު ނަގާ ކޯޗެއް ނޫން. ގާޑިއޯލާގެ ޓީމަށް އަރާނީ އެންމެ ރަނގަޅަށް މަސައްކަތްކުރާ ކުޅުންތެރިން،" ދެކުނު އެމެރިކާގެ އީއެސްޕީއެން ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި އަގުއޭރޯ ބުންޏެވެ.

ފާއިތުވި ދެ ހަފްތާ އަކީ އަގުއޭރޯގެ ކުޅުން ވަރަށް ދަށްވި ދުވަސްތަކަކެވެ. ގައުމީ ޓީމާއި ކްލަބް ލެވެލްގައި ކުޅުނު މުހިއްމު މެޗުތަކުގައި ޕެނަލްޓީތަކެއް އަގުއޭރޯ އަތުން ނާކާމިޔާބު ވެގެންދިޔައިރު، ގިނަ މެޗުތަކުގައި އޭނާ ވަނީ ކުޅުން ދަށްވުމުން ބަދަލުކޮށްފަ އެވެ.

"ޕްރޮފެޝަނަލް ކުޅުންތެރިން ޖެހޭނެ ކޮންމެ ހާލަތަަކަށް ވެސް ތައްޔާރުވެގެން ހުންނަން. ފޯމު ދަށްވާ ދުވަސްތަކެއް ދާނެ. ދެން އޮންނާނީ ހިތްވަރެއް ލައިގެން ކުރިން ދެއްކި ކުޅުމަށް ވުރެ ރަނގަޅުކުރަން،" އަގުއޭރޯ ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ރަށުން ބޭރުގައި އާޖެންޓީނާ ނުކުންނާނީ ވާދަވެރި ބްރެޒިލާ ދެކޮޅަށެވެ. މިއީ ކޮލިފައިންގައި ކުރިއަށްދާން އާޖެންޓީނާ ތިން ޕޮއިންޓް ހޯދުން މުހިއްމު މެޗެކެވެ.