Roadha Mihaaru
ގާޑިއޯލާގެ ލޮލުން ފޭބީ ފޭކް ކަރުނަ: އަގުއޭރޯގެ ބައްޕަ

ގާޑިއޯލާގެ ލޮލުން ފޭބީ ފޭކް ކަރުނަ: އަގުއޭރޯގެ ބައްޕަ

04 ޖޫން 2021

ބިއުނޯސް އާރީސް، އާޖެންޓީނާ (ޖޫން 4) - ސާޖިއޯ އަގުއޭރޯ މެންޗެސްޓާ ސިޓީ ދޫކޮށްލީ އޭނާ ޓީމުގައި ބަހައްޓަން، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުން ނުވުމުން ކަމަށް، އަގުއޭރޯގެ ބައްޕަ ލިއޮނެލް ޑެލް ކަސްޓިޔޯ ތުހުމަތު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބިއުނޯސް އާރީސް، އާޖެންޓީނާ (ޖޫން 4) - ސާޖިއޯ އަގުއޭރޯ މެންޗެސްޓާ ސިޓީ ދޫކޮށްލީ އޭނާ ޓީމުގައި ބަހައްޓަން، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުން ނުވުމުން ކަމަށް، އަގުއޭރޯގެ ބައްޕަ ލިއޮނެލް ޑެލް ކަސްޓިޔޯ ތުހުމަތު ކޮށްފި އެވެ.

ސިޓީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ވަނީ، ހިލޭ ޓްރާންސްފާއެއްގެ ދަށުން ބާސެލޯނާއަށް ސޮއިކޮށްފަ އެވެ. އަގުއޭރޯގެ ބައްޕަ ކަސްޓިޔޯ ބުނީ، އޭނާ ސިޓީ ދޫކޮށްލީ އެ ޓީމުން އޭނާގެ ކޮންޓްރެކްޓް އާ ކުރަން ބޭނުން ނުވުމުން ކަމަށެެވެ.

ނިމިދިޔަ ސީޒަންގެ ލީގުގެ ފަހު މެޗުގައި، އަުގުއޭރޯ އަށް ތައުރީފް ކުރަމުން، ގާޑިއޯލާގެ ލޮލުން ކަރުނަ ފާއްދާލި މަންޒަރު ކެމެރާތަކަށް އެރި އެވެ.

ކަސްޓިޔޯ ތުހުމަތު ކުރަނީ، ގާޑިއޯލާގެ ލޮލުން ފޭބި ކަރުނައަކީ ދެއްކުންތެރިކަމުގެ ގޮތުން އޭނާ ކުރި ކަމެއް ކަމަށެވެ.

އަގުއޭރޯގެ ބައްޕަ

އަގުއޭރޯގެ ބައްޕަ

"ގާޑިއޯލާގެ އެކަންކަން އަހަރެން ގަބޫލެއް ނުކުރަން،" އާޖެންޓީނާގެ ލަ ރެޑް ރޭޑިއޯއަށް ދިން އިންޓަވިއުގައި ކަސްޓިޔޯ ބުންޏެވެ.

"އަހަރެން ގަބޫލު ކުރަނީ އޭނާ ބޭނުން ނުވީއޭ (އަގުއޭރޯ) ޓީމުގައި ބަހައްޓަން."

ގާޑިއޯލާގެ ލޮލުން ފޭބި ކަރުނައަކީ ކެމެރާ އަށް ދެއްކުމުގެ ގޮތުން ކުރި ކަމެއްތޯ ގަބޫލު ކުރަންތޯ ސުވާލު ކުރުމުން ކަސްޓިޔޯ ބުނީ، އެކަންވީ އެހެން ކަމަށެވެ. ކޮންމެ ޓީމެއްގައި ވެސް ކުޅުންތެރިންނަށް ވުރެ މަޝްހޫރު ތަރިއަކަށް ވާން ގާޑިއޯލާ ބޭނުން ވާނެ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

އޭނާ ބުނީ ގާޑިއޯލާ އަކީ މޮޅު ކޯޗެއް ކަމަށާއި ނަމަވެސް ކުޅުންތެރިންނާ މެދު އޭނާ ކަންތައް ކުރަނީ ރަނގަޅަށް ނޫން ކަމަށެވެ. ކަސްޓިޔޯ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ބޭނުންވީ ސިޓީގެ ކޮންޓްރެކްޓް އާ ކުރުމަށެވެ. ނަމަވެސް ސިޓީން އެ ހުށަހެޅުން ލިބިފައެއް ނުވެ އެވެ.