25 ފެބުރުއަރީ 2021
އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ އަނބުރާ ދޭން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭނާގެ ކެންޑިޑެސީ ބާތިލްކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ އަނބުރާ ދޭން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭނާގެ ކެންޑިޑެސީ ބާތިލްކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ހަސަން މޫސާގެ ކެންޑިޑެސީ ބަލައިގަތުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އޭނާގެ ކެންޑިޑެސީ މިދިޔަ މަހު ބާތިލްކޮށްފަ އެވެ. އެހެންވެ، އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބަކާ ނުލައި އޮތީ ހޮވިފަ އެވެ.
އެކަމަކު ދާދިފަހުން ސުޕްރީމް ކޯޓުން ނިންމީ ހަސަންގެ ކެންޑިޑެސީ ކޮމިޝަނުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެކަން ކުރެވޭނީ އެ ކޯޓަށް އެކަނި ކަމަށެވެ. އެހެންވެ، އެ ކޯޓުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު އޭނާއަށް އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ ހުކުމާ އެކު، ހަސަންގެ ކެންޑިޑެސީ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ކަން އިލެކްޝަންސް ކޮޮމިޝަންގެ ފަރާތުން ވެސް ކަށަވަރުކޮށް ދިނެވެ.
ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ކަމަށް ބުނެ ހަސަންގެ ކެންޑިޑެސީ ބާތިލްކުރަން އިލެކްޝަންސް ކޮޮމިޝަނުން ކުރިން ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމުން އެ ކޮމިޝަނުން ވަނީ އެ ނިންމުން އިސްތިއުނާފް ނުކޮށް، ހަސަންގެ ކެންޑިޑެސީ އަމިއްލައަށް ބާތިލްކޮށްފަ އެވެ.
އެ މައްސަލަ ހަސަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންް އެ ކޯޓުން ނިންމީ ކެންޑިޑެސީއާ މެދު ގޮތެއް ނިންމަންޖެހޭ މުއްދަތަށް ފަހު ކޮމިޝަނަށް އަމިއްލައަށް ކެންޑިޑެސީ ބާތިލް ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުން އެހެން ގޮތެއް ކަނޑަނާޅާ ހިނދަކު އޭނާއަށް ކައުންސިލް އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
އެހެން ދާއިރާއެއްގެ ބަޔަކު ވޯޓުދިން ކަމުގެ ޝަކުވާއެއް
އައްޑޫގައި ވެސް ވޯޓުގެ މާ ބޮޑު ފޯރިއެއް ނެތް
އިންތިޚާބަށް ހުޅުވާލުން: މައްސަލަ ބަލައެއްނުގަތް
ހަމަހަމަ ހައްގު ނުލިބޭތީ ހުށަހެޅި މައްސަލަ ބަލައިނުގަތް
އެމްޑީޕީގެ ކެންޑިޑޭޓަކު ވޯޓަކާ ނުލައި ހޮވިއްޖެ
ޕީޕީއެމް މީހެއްގެ ކެންޑިޑެސީ ސުޕްރީމްކޯޓުން ބާތިލްކޮށްފި
ޕީޕީއެމް އޮފީސް ބަންދުކުރާތީ އީސީގައި ޝަކުވާކޮށްފި
ޕީޕީއެމް މީހެއްގެ ކެންޑިޑެސީ ބަލައިގަންނަން އަމުރުކޮށްފި