Roadha Mihaaru
ބްރެޒިލް ވޭރިއަންޓާދެކޮޅަށް އޮކްސްފޯޑް ވެކްސިން ކާމިޔާބު

ބްރެޒިލް ވޭރިއަންޓާ ދެކޮޅަށް އޮކްސްފޯޑް ވެކްސިން ކާމިޔާބު

07 މާޗް 2021

ލަންޑަން (މާޗް 7) - ބްރެޒިލުން ފެނުނު ކޮރޯނާވައިރަހުގެ ވޭރިއަންޓާ ދެކޮޅަށް އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިން މަސައްކަތް ކުރާ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (މާޗް 7) - ބްރެޒިލުން ފެނުނު ކޮރޯނާވައިރަހުގެ ވޭރިއަންޓާ ދެކޮޅަށް އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިން މަސައްކަތް ކުރާ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ޕީ1 ނުވަތަ ބްރެޒިލް ވޭރިއަންޓާ ދެކޮޅަށް އޮކްސްފޯޑް ވެކްސިން މަސައްކަތް ކުރާ ކަމަށް ދެއްކުމުން އެ ވެކްސިނަށް އިތުރު ބަދަލެއް ނުގެންނާނެ ކަމަށް ބެލެވެ އެވެ. ބްރެޒިލް ވޭރިއަންޓް ފުރަތަމަ ފެނިފައި ވަނީ އެމެޒޭނިއަން ސިޓީއެއް ކަމަށްވާ މަނައުސް އިންނެވެ.

އޮކްސްފޯޑުގެ ދިރާސާގެ މައުލޫމާތު ރަސްމީކޮށް ހާމަނުކުރި ނަމަވެސް އެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން އެސްޓްރަޒެނެކާ ވެކްސިން ބްރެޒިލް ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނި ނަމަވެސް ވެކްސިންގެ ކާމިޔާބު މިންވަރެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދިރާސާގެ ފުރިހަމަ ޑޭޓާ މި މަސްތެރޭ އާއްމު ކުރާނެ ކަމަށްވެ އެވެ.

ކުރިން ހެދި ދިރާސާތަކުން ދެއްކި ގޮތުގައި ސައުތު އެފްރިކާ ވޭރިއަންޓާ ދެކޮޅަށް އެސްޓްރަޒެނެކާ ވެކްސިން އިން ލިބޭ ރައްކާތެރިކަން ކުޑަ އެވެ. އެއީ ވެސް ޕީ1 އާ އެއްގޮތް ވޭރިއަންޓެކެވެ. އެހެންވެ ސައުތު އެފްރިކާގައި ވަނީ އޮކްސްފޯޑް ވެކްސިން ޖެހުން ވެސް މެދުކަނޑާލައިފަ އެވެ.

އޮކްސްފޯޑުގެ ދިރާސާގެ މައުލޫމާތު އާއްމުވެފައިވާ އިރު، ބްރެޒިލް ވޭރިއަންޓާ ދެކޮޅަށް ޗައިނާގެ ސިނޮފާމުގެ ވެކްސިން މަަސައްކަތް ނުކުރާ ކަމަށް ސާމްޕަލް ސްޓަޑީއަކުން ވަނީ ދައްކައިފަ އެވެ.

ބްރެޒިލްގައި މިހާރު ދަނީ ކޮރޯނާވައިރަހުގެ ނުރައްކާތެރި ދެ ވަނަ ރާޅެއް ފެތުރެމުންނެވެ. އިއްޔެ ވެސް ވަނީ 75,337 މީހުން ޕޮޒިޓިވްވެ 1,760 މީހުން މަރުވެފަ އެވެ. ބްރެޒިލުން މިހާތަނަށް ވަނީ 10,871,843 މީހުން ޕޮޒިޓިވްވެ 262,948 މީހުން މަރުވެފަ އެވެ.