Roadha Mihaaru
މިނިއާޕޮލިހުން ފްލޮއިޑުގެ އާއިލާއަށް 27މިލިއަން ޑޮލަރު

މިނިއާޕޮލިސް އިން ފްލޮއިޑުގެ އާއިލާ އަށް 27 މިލިއަން ޑޮލަރު

13 މާޗް 2021

ވޮޝިންޓަން (މާޗް 13) - އަތުގައި އެއްވެސް ހަތިޔާރެއް ނެތް އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި މަރުވި މައްސަލައިގައި ފްލޮއިޑުގެ އާއިލާ އަށް 27 މިލިއަން ޑޮލަރު މިނިއާޕޮލިސް ސިޓީން ދިނުމަށް އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފްލޮއިޑުގެ އާއިލާ އިން މިދިޔަ ޖުލައި މަހު ވަނީ މިނިއާޕޮލިސް ސިޓީ ކައުންސިލާއި ހަތަރު ޕޮލިސް އޮފިސަރުންނާ ދެކޮޅަށް މައްސަލަ ހުށަހަޅައިފަ އެވެ.

ކަޅު ނަސްލުމުގެ 46 އަހަރުގެ ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ މަރުވީ ފުލުސް އޮފިސަރު ޑެރެކް ޗައުވިން ފްލޮއިޑުގެ ކަރަށް ކަކުލުން އަރައި އެތައް އިރެއްވަންދެން އިނދެ އޭނާ ނޭވާ ފާސްކޮށްލުމުންނެވެ. އޭރު ފްލޮއިޑް ދިޔައީ އޭނާ ހާސްވެގެން މަރުވަނީ ކަމަށް ގޮވަމުންނެވެ. ފޭކް ނޫޓްތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް ފްލޮއިޑް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާ މަރާލުމާ ގުޅިގެން އިތުރު ތިން ފުލުހަކު ވެސް ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ޗައުވިން މީހަކު މަރާލި މައްސަލައިގައި ޖޫރީން ކަނޑައެޅުން މިހާރު ދަނީ ކުރިއަށެވެ. މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާނީ މިމަހު 29 އިން ފެށިގެންނެވެ.

ޕޮލިސް އޮފިސަރުގެ މައްޗަށް ހިންގާ ޝަރީއަތުގެ ކުރިން ފްލޮއިޑުގެ އާއިލާ އަށް 27 މިލިއަން ޑޮލަރު ދިނުމަށް މިނިއާޕޮލިސްގެ ސިޓީ ކައުންސިލުން އެއްބަސްވީ އެ ފަރާތާ ދެކޮޅަށް ހުށަހެޅި މައްސަލައިގަ އެވެ.