އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްގީކުރަން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުން ހިމެނޭހެން، ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރަން އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް ދާން ނިންމައިފި އެވެ.
17 މާޗް 2021
އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްގީކުރަން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުން ހިމެނޭހެން، ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރަން އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް ދާން ނިންމައިފި އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރުއަރާ ފަދަ އެއްބަސްވުންތައް ދިރާސާކޮށް އެކަމުގައި އެންމެ މަތީ ކޯޓަށް ދާން ހުށަހަޅައިފަ އެވެ.
އޭގެ އިތުރުން ޔޫޓީއެފް އެގްރިމެންޓު މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށަން ކައުންސިލަށް ގަރާރެއް ހުށަހަޅައި އިއްޔެ ވަނީ އެ ފާސް ވެސް ކޮށްފަ އެވެ.
ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު ރާއްޖެއިން ސޮއިކުރީ މިދިއަ މަހު 21 ގަ އެވެ.
ތިން އަހަރުން ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރު ރާއްޖެ ވަޑައިގެން ހުންނެވި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
ނަމަވެސް އެ އެއްބަސްވުމާ ގުޅޭ މާ ބޮޑު ތަފްސީލެއް ހާމަނުކޮށް އުޅެނިކޮށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެ އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީއެއް ކަމަށް ވިދާޅުވެ މިދިޔަ ހޯމަ ދުވަހު ލިޔުންތަކެއް ލީކްކުރައްވައިފަ އެވެ. އެކަމަކު ޑިފެންސް މިނިސްޓްރީން ވަނީ އެއީ އަސްލެއް ނެތް ލިޔުންތަކެއް ކަމަށް ބުނ އެކަން ދޮގުކޮށްފަ އެވެ.
ޔޫޓީއެފް އެގްރިމެންޓުގެ މައްސަލަ ހޫނުވެފައި ވަނިކޮށް ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު އެ ކޯލިޝަންގެ ގާނޫނީ ޓީމުން ހޯދަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ވަރަށް އަވަހަށް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓަށް ހުށަހަޅައި އެ އެއްބަސްވުންތައް ދިރާސާކުރުމަށް ފަހު ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތަށް ބުރޫއަރާ ހުރިހާ އެއްބަސްވުމެއް ބާތިލްކޮށްދިނުމަށް އެދި ހުށަހަޅަން ނިންމީ،" ހީނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ޔޫޓީއެފް ތަރައްގީކުރުމުގެ މަޝްވަރާތައް އިންޑިއާއާ އެކު ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ބޭރު ބަޔަކު ލައްވައި އެ ބަނދަރު ތަރައްގީކުރަން ރައީސް ޔާމީން ބޭނުންފުޅު ނުވީ ގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ ކަމަށެވެ.
މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވި ގޮތުގަައި ޔޫޓީއެފް އެގްރިމެންޓުގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތެވެ. އަދި އެ ބަނދަރުގެ ސަބަބުން ކޯސްޓް ގާޑުގެ ހިދުމަތްތައް ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
ނަސްރުގެ ދުވަހު އިދިކޮޅުން ދެއްކީ އިންޑިއާގެ ނުރައްކާ
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން
ސަފީރަކު އެދޭގޮތަށް ހިންގަން ފުރުސަތުނުދީ: ރައީސް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ޗައިނާގެ ކަރާމާތް ގެއްލޭތަން ސަރުކާރަކަށް ނުފެނޭ:އަދުރޭ
"އިންޑިއާ އައުޓް" ގަރާރު ބާތިލްކުރަން ކޯޓަށް
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
"1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން"