އިންޑިއާއާ އެކު ހަދަމުން ގެންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެނީ ދަންތުރައެއްގައި ކަމަށް ބުނެ އެފަދަ އެއްބަސްވުންތަކުގެ ސަބަބުން ގައުމަށް ނުރައްކާވެފައިވާ ކަމަށް، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފި އެވެ.
03 ނޮވެމްބަރ 2021
އިންޑިއާއާ އެކު ހަދަމުން ގެންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެނީ ދަންތުރައެއްގައި ކަމަށް ބުނެ އެފަދަ އެއްބަސްވުންތަކުގެ ސަބަބުން ގައުމަށް ނުރައްކާވެފައިވާ ކަމަށް، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފި އެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވައި އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ މީގެ 33 އަހަރު ކުރިން ބަޑި ހިފައިގެން ރާއްޖެ އަރައި ގައުމުގެ މިނިވަންކަން ނަގާލަން ބަޔަކު މަސައްކަތް ކުރި ގޮތަށް ނޫނަސް މިއަދު ވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ވާނެ އެތައް ކަމެއް އެބަހުރި ކަމަށެވެ.
ރާއްޖޭގެ ހަރު މުދާ ވިއްކަމުންދާ ކަމަށާއި އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ދަންތުރަތަކެއްގައި ޖެހެމުންދާ ކަމަށް ބަޔާނުގައިވެ އެވެ.
"އިންޑިއާގެ އަސްކަރިއްޔާ އަށް ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ހިތަށް ވެސް ގެންނަން ނޭނގޭ ފަދަ ގެއްލުންތައް ދަނީ ކުރިމަތިވަމުން،" ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލި ބޭރު ބައެއްގެ އުނގަށް ގައުމު ވެއްޓި ހުސްވެފައިވާ ކަމަށެވެ.
ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާގެ އެއް ބަތަލު ޝަހީދު ހުސައިން އާދަމް ފަދަ ދަރިންތަކަކަށް މިއަދު ބޭނުންވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އިންޑިއާ އެކު ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން މިނިވަންކަން ގެއްލިއްޖެކަމަށް އިދިކޮޅުން ބުނެ އަބަދުވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެވޭނެ ގޮތްތައް ހަމަޖައްސާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލަ އެވެ.
ލަންކާގެ ހަނގުރާމަވެރި ބަޔަކާ ގުޅިގެން ދިވެހިންގެ ބަޔަކު ދިން ހަމަލާގައި އިންޑިއާ ސިފައިން ވަނީ ދިވެހި ސަރުކާރުގެ އެދުމަށް ރާއްޖެ އައިސް އަސްކަރީ އެހީ ދީފަ އެވެ.
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
އިންޑިއާއާ ގުޅިގެން ކުރިއެރުމެއް ނެތް: އަބްދުއްރަހީމް
ޔޫޓީއެފް އެގްރިމެންޓް މައްސަލައިގައި އިދިކޮޅުން ކޯޓަށް
ސަފީރަކު އެދޭގޮތަށް ހިންގަން ފުރުސަތުނުދީ: ރައީސް
އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ: އިދިކޮޅަށް ވާނީ ފަސޭހަ
ޗައިނާގެ ކަރާމާތް ގެއްލޭތަން ސަރުކާރަކަށް ނުފެނޭ:އަދުރޭ
"އިންޑިއާ އައުޓް" ގަރާރު ބާތިލްކުރަން ކޯޓަށް
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
ރާއްޖެއިން އިންޓެލް ހޯދަނީ އިންޑިއާއިން އެކަނި: ޔާމީން