Roadha Mihaaru
ދޭވް ޕަޓޭލްގެ ފުރަތަމަ ޑައިރެކްޝަން އަންނަ އަހަރު

ދޭވް ޕަޓޭލްގެ ފުރަތަމަ ޑައިރެކްޝަން އަންނަ އަހަރު

20 މާޗް 2021

ކާމިޔާބު ފިލްމު "ސްލަމްޑޯގް މިލިއަނާ" ކުޅެގެން މަޝްހޫރުވި އެކްޓަރު ދޭވް ޕަޓޭލްގެ ފުރަތަމަ ޑައިރެކްޝަން "މަންކީ މޭން" އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާމިޔާބު ފިލްމު "ސްލަމްޑޯގް މިލިއަނާ" ކުޅެގެން މަޝްހޫރުވި އެކްޓަރު ދޭވް ޕަޓޭލްގެ ފުރަތަމަ ޑައިރެކްޝަން "މަންކީ މޭން" އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ އަހަރު ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ނެޓްފްލިކްސްއާ ގުޅިގެން ހަދާފައިވާ އެކްޝަން ތުރިލާއެކެވެ. އިންޑޮނީޝިއާގައި ވަރަށް ބޮޑު ބައި ޝޫޓްކޮށްފައިވާ "މަންކީ މޭން" ގެ ކާސްޓުން ދޭވްއާ އެކު އިންޑިއާގެ ތަރިންތަކެއް ފެންނާނެ އެވެ. އޭގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "މޭޑް އިން ހެވެން" އާއި ނެޓްފްލިކްސްގެ ސީރީޒް "ބާޑް އޮފް ބްލަޑް" ގެ އިތުރުން "ދަ ބޮޑީ" އާއި "ރާމަން ރާގަވް 2.0" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ޝޮބީތާ ދުލިޕާލާ އަދި ސިކަންދަރު ކޭރް ހިމެނެ އެވެ.

އިންޑިއާ ދަރިކޮޅު އިނގިރޭސި އެކްޓަރު ދޭވްގެ އަލަތު ޑައިރެކްޝަން "މަންކީ މޭން" އަކީ އޭނާ އާއި ޕޯލް އަންގުނަވޭލާ އަދި ޖޯން ކޮލީގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އޮސްކާ އެވޯޑް ވެސް ހޯދި "ސްލަމްޑޯގް މިލިއަނާ" ގެ ފަހުން ދޭވް، 30، ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހޮޓެލް މުމްބާއީ" އާއި "ލަޔަން" އާއި "ދަ ލާސްޓް އެއާބެންޑާ" އަދި "ދަ މޭން ހޫ ނިއު އިންފިނިޓީ" ހިމެނެ އެވެ.

މި އަހަރުގެ ޖުލައިގައި ރިލީޒްކުރާ "ދަ ގްރީން ނައިޓް" ގެ ބަތަލުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ދަ ޕާސަނަލް ހިސްޓްރީ އޮފް ޑޭވިޑް ކޮޕަފީލްޑް" އެވެ.