Roadha Mihaaru
އެކްޝަން ތަރި ކެވިލް އަށް ލޯބީގެ ފިލްމެއް

އެކްޝަން ތަރި ކެވިލް އަށް ލޯބީގެ ފިލްމެއް

18 ޖުލައި 2021

މިހާތަނަށް ގިނައިން އެކްޝަން ރޯލްތައް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހެންރީ ކެވިލް ލޯބީގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް ގިނައިން އެކްޝަން ރޯލްތައް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހެންރީ ކެވިލް ލޯބީގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

ޑެޑްލެއިނުން ބުނި ގޮތުގައި "ދަ ރޯޒީ ޕްރޮޖެކްޓް" ގެ ނަން ދީފައިވާ މި ފިލްމަކީ ލޯބީގައި ނާކާމިޔާބު ޔުނިވަސިޓީ ޕްރޮފެސަރަކު ބައިވެރިޔަކު ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ކަމުދާ ސިފަތަކާ މުޅިން އިދިކޮޅު މީހަކާ ކައިވެނިކުރެވި އެކަމަކު އެ ގުޅުން ކާމިޔާބުކުރަން ކުރާ މަސައްކަތް ދައްކުވައިދޭނެ ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފެށުމަށް ރާވާފައިވާ ފިލްމަށް އަދި ބަތަލާއަކު ހަމައެއްނުޖެހެ އެވެ.

ޑެޑްލައިނުން ބުނި ގޮތުގައި "ދަ ރޯޒީ ޕްރޮޖެކްޓް" ލިޔެ، ޑައިރެކްޓްކުރާނީ ސްޓީވް ފޯލްކެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މެޓް ޓޮލްމެކާއި މައިކަލް ކޮޒްޓިގަން އެވެ.

ބެޓްމޭންގެ ރޯލު "މޭން އޮފް ސްޓީލް" ގައި ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ކެވިލް، 38، ގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ ދާދި ފަހުން ގެނެސްދިން "ޒެކް ސްނައިޑާޒް ޖަސްޓިސް ލީގް" އިންނެވެ. ސީރީޒް "ދަ ވިޗާ" ގައި ވެސް މަސައްކަތް ކުރަމުން އަންނަ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އެނޯލާ ހޯމްސް 2" ހިމެނެ އެވެ.

ކެވިލް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "މިޝަން އިމްޕޮސިބަލް: ފޯލްއައުޓް"، "ނައިޓް ހަންޓާޒް"، "ރެޑް ރައިޑިން ހުޑް"، "އިމޯޓަލްސް" އަދި "ސޭންޑް ކާސަލް" ހިމެނެ އެވެ.