03 ޖޫން 2016
ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ތައްޔާރުކުރަން އދ. މާމިގިއްޔަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާ އެކު ދިޔައީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އަންގަވައިގެން ކަމަށް މުހުތާޒާ އެކު މާމިގިއްޔަށް ދިޔަ ފުލުހަކު ކޯޓުގައި މިރޭ ހެކިބަސް ދީފި އެވެ.
ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ފޭކް ކޯޓު އަމުރެއް ތައްޔާރުކުރަން އދ. މާމިގިއްޔަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާ އެކު ދިޔައީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އަންގަވައިގެން ކަމަށް މުހުތާޒާ އެކު މާމިގިއްޔަށް ދިޔަ ފުލުހަކު ކޯޓުގައި މިރޭ ހެކިބަސް ދީފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ދުވަހެއްގައި މާމިގިލީ ކޯޓު ހުޅުވައިގެން ކ. މާފުށީ ކޯޓުގެ ނަމުގައި ފޭކް އަމުރެއް ހެދި މައްސަލާގައި މުހުތާޒާއި މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް ނިހާނަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި މިރޭ އެގޮތަށް ހެކިބަސް ދިނީ މުހުތާޒާ އެކު ދަންވަރު ލޯންޗެއްގައި މާމިގިއްޔަށް ދިޔަ ފުލުހެކެވެ. އެކަމަކު އޭނާގެ ހެކިބަސް ނެގީ ކާކުކަން ނޭނގޭ ގޮތަށް، ސިއްރުންނެވެ.
މުހުތާޒާ އެކު މާމިގިއްޔަށް ދިޔައީ ކާކު ބުނެގެންތޯ މުހުތާޒްގެ ވަކީލް ތަކުރާރުކޮށް ތިން ފަހަރު ސުވާލު ކުރުމުން ވެސް އެ ހެކިވެރިޔާ ކޮންމެ ފަހަރަކު ބުނަނީ ސުވާލު ސާފުނުވާ ކަމަށެވެ. އެކަމަކު އެގޮތަށް ހެކިވެރިޔާއަށް އެންގީ ސީޕީ އަރީފް ތޯ ދިފާއީ ވަކީލް ސުވާލު ކުރުމުން އެ ހެކިވެރިޔާ ވަގުތުން ބުނީ "އާދެ" މިހެންނެވެ.
މިރޭގެ އަޑުއެހުމުގައި އިތުރު ފަސް މީހަކު ވަނީ އެ އަމުރު ހެދި ކަމަށް ބުނާ ދުވަހުގެ ރޭ ދަންވަރު މުހުތާޒް އިތުރު ބަޔަކާ އެކު މާމިގިލީގައި އުޅުއްވި ކަމަށް ބުނެ ހެކިބަސް ދީފަ އެވެ. އަދި މުހުތާޒާ އެކު މެޖިސްޓްރޭޓް ނިހާން ވެސް އުޅުއްވި ކަމާއި ދަންވަރު ކޯޓު ހުޅުވި ކަމަށް ބުނެ ހެކިބަސް ދިނެވެ. މީގެ އިތުރުން އެ އަމުރު ޖަހާނެ ނަމްބަރެއް ހޯދަން މުހުތާޒް ވިދާޅުވެގެން މީހަކު ގުޅި ކަމަށް ބުނެ ވެސް އިތުރު މީހަކު ވަނީ ހެކިބަސް ދީފަ އެވެ.
މިއަދު ހަވީރުން ފެށިގެން މިރޭ ދަންވަރު 1:00 އާ ހަމައަށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ހުރިހާ ހެކިންގެ ހެކިބަސް ނަގައި ވަނީ ނިންމައިފަ އެވެ. އެ މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވި އެވެ.
މިއަދު ހަވީރު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ހެކިބަސް ދީފައިވަނީ ވެސް މުހުތާޒާ އެކު މާމިގިއްޔަށް ދިޔަ މީހުންނެވެ. އޭގެ ތެރެއިން އެކަކު ބުނެފައިވާ ގޮތުގައި އެ އަމުރު ތައްޔާރު ކުރުމުގެ އަޑީގައި ހުންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ.
"ފުލުހުންނަށް އަމާޒުކޮށް ނުރައްކާތެރި ކަންކަން ހިންގާ"
ވަގަށް ޖަލަށް ވަންނަން އުޅުމުން ޖަލަށްލައި، ޖޫރިމަނާ
ބޮޑެތި ކުށްވެރިން ހުކުމް ތަންފީޒު ކުރުމެއް ނެތް!
ޓޫރިސްޓް ހައްޔަރުކުރީ ވަަރަށް ގޯސްކޮށެއް ނޫން: އިމްރާން
ގާޒީ ނިހާން ކަފާލާތުގެ ދަށުން ދޫކޮށެއް ނުދިން
މަންނާނު ވަކިނުކުރަން ނިންމައި ވަޒީފާ ދީފި
އަރީފަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް
ފުލުހުންގެ ވަޒީފާ އިން މަންނާން ވަކިކޮށްފި
ކުރީގެ ސީޕީ އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި
ކޮމިޝަނަރު އަރީފް ބިއުރޯގެ ހެޑް މަންނާނު ވަކިކޮށްފި