Roadha Mihaaru
ފުލުހުންގެ ވަޒީފާ އިން މަންނާން ވަކިކޮށްފި

ފުލުހުންގެ ވަޒީފާ އިން މަންނާން ވަކިކޮށްފި

15 މެއި 2018

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާން ޔޫސުފްގެ ޑިސިޕްލިނަރީ މައްސަލައެއް ބެލުމަށް ފަހު، ފުލުހުންގެ ވަޒީފާ އިން އިއްޔެ އޭނާ ވަކިކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާން ޔޫސުފްގެ ޑިސިޕްލިނަރީ މައްސަލައެއް ބެލުމަށް ފަހު، ފުލުހުންގެ ވަޒީފާ އިން އިއްޔެ އޭނާ ވަކިކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، މަންނާނާ މެދު އެ ފިޔަވަޅު އެޅީ، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ބަދަލުތަކެއް ގެނެސް ނިންމި ނިންމުމަކަށް ފަހު އެވެ.

ޑިސިޕްލިނަރީ ބޯޑަށް އެންމެ ފަހުން އައްޔަން ކުރެއްވި ބޭފުޅަކީ ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން އެވެ.

މަންނާނު ވަޒީފާ އިން ވަކިކުރި ނަމަވެސް އޭނާގެ ފަރާތުން ފާހަގަވީ ޑިސިޕްލިނަރީ ކޮން މައްސަލައެއް ކަމެއް އަދިއެއް ސާފެއް ނުވެ އެވެ.

އަހުމަދު އަރީފް ކޮމިޝަނަރުގެ މަގާމުގައި ހުންނެވިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މަންނާނު ވަނީ މަގާމުގެ މަސްއޫލިއްޔަތު ތަކުން ދުރުކޮށްފަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޕޮލިސް ކޮމިޝަނަރު ބިއުރޯގެ ހެޑްގެ މަގާމުގަ އެވެ.