Roadha Mihaaru
ރުބީނާ އަލުން ސިލްސިލާ "ޝަކްތީ" އަށް

ރުބީނާ އަލުން ކަލާޒްގެ ސިލްސިލާ "ޝަކްތީ" އަށް

25 މާޗް 2021

ކަލާޒްގެ ބިގް ބޮސްގެ 14 ވަނަ ސީޒަން ކާމިޔާބުކުރި ބަތަލާ ރުބީނާ ދިލައިކް އަލުން، އެ ޗެނެލްގެ ސިލްސިލާ "ޝަކްތީ: އަސްތިތުވާ ކޭ އިހުސާސް ކީ" އާ ގުޅިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒްގެ ބިގް ބޮސްގެ 14 ވަނަ ސީޒަން ކާމިޔާބުކުރި ބަތަލާ ރުބީނާ ދިލައިކް އަލުން، އެ ޗެނެލްގެ ސިލްސިލާ "ޝަކްތީ: އަސްތިތުވާ ކޭ އިހުސާސް ކީ" އާ ގުޅިއްޖެ އެވެ.

އެ ސިލްސިލާ އަކީ ކުރިން ރުބީނާ މައިގަނޑު ރޯލު ކުޅެމުން ދިޔަ އެެއްޗެކެވެ. އެކަމަކު މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާ ވަނީ އެއިން ވަކިވެފަ އެވެ. ޓްރާންސްޖެންޑާ ކެރެކްޓާއެއް ކުޅުނު "ޝަކްތީ" އަށް އަލުން އަންނަކަން ރުބީނާ ކަށަވަރުކޮށް ދީފައިވާ އިރު އޭނާ ހިިމަނައިގެން އާ ޕްރޮމޯއެއް ވެސް މިހާރު ވަނީ ދައްކަން ފަށައިފަ އެވެ.

ރުބީނާ ބުނީ އަލުން އެ ސިލްސިލާއާ ގުޅުމަކީ އެނބުރި ގެއަށް އާދެވުން ކަހަލަ ކަމެއް ކަމަށާއި އަލުން ބެލުންތެރިންނަށް ބައްދަލުވާތީ ވަރަށް އުފާވާ ކަމަށެވެ. އޭނާ އަލުން "ޝަކްތީ" އާ މި ގުޅުނީ "ބިގް ބޮސް 14" އިން ލިބުނު މަޝްހޫރުކަމަށް ފަހު އެވެ. މިކަން އިންސްޓަގްރާމްގައި ރުބީނާ ހިއްސާކުރީ "ރިވައިވިން" އަދި "ރީއިންވެންޓިން" ގެ ގޮތުގަ އެވެ.

"ޝަކްތީ" އަކީ ކަލާޒް އިން މެއި 30، 2016 ގައި ދައްކަން ފެށި އެއްޗެކެވެ. އޭރު ރުބީނާއާ އެކު އޭގެ ލީޑް އެކްޓަރުގެ ރޯލު ކުޅެމުން ދިޔައީ ވިވިއަން ޑިސޭނާ އެވެ. ފަހުން އޭނާ ވެސް ސިލްސިލާ ދޫކޮށްލި އެވެ.

މިހާތަނަށް "ޝަކްތީ" ގެ 1،200 އަށް ވުރެ ގިނަ އެޕިސޯޑް ދައްކާފައިވެ އެވެ.

މި ސިލްސިލާއާ އަލުން ރުބީނާ ގުޅުނު އިރު އޭނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ޗޯޓީ ބަހޫ" އާއި "ސާސް ބިނާ ސަސުރާލް" އަދި "ޖީނީ އޯރް ޖޫޖޫ" ހިމެނެ އެވެ.

"ބިގް ބޮސް 14" ގައި ވާދަކުރި ރުބީނާގެ ފިރިމީހާ އަބިނާވް ޝުކްލާ އަކީ ވެސް މަޝްހޫރު ޓީވީ އެކްޓަރެކެވެ. އޭނާ ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ.

ބިގް ބޮސް އަށް ފަހު ދެމަފިރިން އެކީގައި ކުޅުނު ވީޑިއޯ ލަވައެއް މި މަހުގެ 18 ގައި ރިލީޒްކޮށްފައިވެ އެވެ.