Roadha Mihaaru
އެމްޑަބްލިއުއެސްސީން އައިސް ވިއްކާ އަގު ހެޔޮކޮށްފި

އެމްޑަބްލިއުއެސްސީން ދުވާފަރުގައި އައިސް ވިއްކާ އަގު ހެޔޮކޮށްފި

04 އެޕްރީލް 2021

ރ. ދުވާފަރުގެ އައިސް ޕްލާންޓުން އައިސް ވިއްކާ އަގު އެމްޑަބްލިއުއެސްސީން ހެޔޮކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރ. ދުވާފަރުގެ އައިސް ޕްލާންޓުން އައިސް ވިއްކާ އަގު އެމްޑަބްލިއުއެސްސީން ހެޔޮކޮށްފި އެވެ.

މި ގެނައި ބަދަލާއެކު މިހާރު އައިސް ޓަނެއް ވިއްކާނީ 1،050ރ. އަށެވެ. މީގެ ކުރިން ދުވާފަރުން އައިސް ޓަނެއް ވިއްކީ 1،275ރ. އަށެވެ.

އެމްޑަބްލިއުއެސްސީން ބުނިގޮތުގައި، އެ ބަދަލު ގެނައީ އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގައި ލުއިތަކެއް ދިނުމަށް ކަމަށެވެ. މިއީ ގިނަ ބަޔަކު އެދޭ ގޮތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފެން ކުންފުނިން ބުނީ، މިއީ އާއްމުންނާ ގުޅިފައިވާ ހިދުމަތަކަށް ވާތީ އެ ކުންފުނިން ހިދުމަތް ދެނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާއްމު ހިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

އެމްޑަބްލިއުއެސްސީން އަންނަނީ މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ހިދުމަތް ވެސް ދެމުންނެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 10:00 އާ ދެމެދު ދުވާފަރު ކަސްޓަމާ ސާވިސް މެދުވެރިކޮށް އައިސް އަށް އޯޑަރ ކުރެވޭނެ އެވެ. އެ ކުންފުނީގެ އައިސް ހޮޓްލައިން ނަމްބަރު 7999151 އެވެ.

ދުވާފަރު އައިސްޕްލާންޓަކީ އެމްޑަބްލިއުއެސްސީގެ ބެލުމުގެ ދަށުން ހިންގާ ހަމައެކަނި އައިސްޕްލާންޓެވެ. އެ ކުންފުނިން މި ހިދުމަތް ފަށާފައިވަނީ 2013ގަ އެވެ.