Roadha Mihaaru
ޕޮލިސް ބޯޑަށް ސަފާ ޝަރީފް އައްޔަންކުރަން ފާސްކޮށްފި

ޕޮލިސް ބޯޑަށް ސަފާ ޝަރީފް އައްޔަންކުރަން ފާސްކޮށްފި

05 އެޕްރީލް 2021

ފުލުހުންގެ އާ ގާނުނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން އިންނަވާ މެމްބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ކުރިން މަސައްކަތްކުރެއްވި، ސަފާ ޝަރީފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްްކޮށްފި އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފުލުހުންގެ އާ ގާނުނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން އިންނަވާ މެމްބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ކުރިން މަސައްކަތްކުރެއްވި، ސަފާ ޝަރީފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްްކޮށްފި އެވެެ.

ޕޮލިސް ބޯޑުގައި އާއްމުންގެ ފަރާތުން ތިއްބަވާ ދެ މެމްބަރުން އައްޔަން ކުރުމުގެ ބާރު ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ދެ މަގާމަށް ކުރިމަތިލާން މަޖިލީހުން ފުރަތަމަ ހުޅުވައިލި އިރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފާސްްވީ އެންމެ ބޭފުޅެއްްގެ ނަމެވެ. އެއީ އެމްޑީޕީގެ ބައިނަލް އަގުވާމީ ތަރުޖަމާނަކަށް ކުރިން ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ހާމިދު އަބްދުލް ޣަފޫރެވެ.

ފުރަތަމަ ފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޕޮލިސް ބޯޑަށް ދެ ބޭފުޅަކު އައްޔަން ނުކުރެވުމުން، އެ މަގާމަށް ކުރިމަތިލާން ދެ ވަނަ ފަހަރަށް މަޖިލީހުން އިއުލާނު ކުރި އެވެ. އެގޮތުން ކުރި އިއުލާނުގެ މުއްދަތު ހަމަވި އިރު ކުރިމަތިލެއްވީ ސަފާ ހިމެނިވަޑައިގަންނަވާ ގޮތުން ހަތް ބޭފުޅެކެވެ.

ކުރިމަތިލެއްވި ބޭފުޅުން

1- މުހައްމަދު އިމްރާން ޝަރީފް، މ. ތަންތާރަ/ މާލެ

2- ސަފާ ޝަރީފް، ދެތަނޑިމާގެ/ އައްޑޫ ހުޅުދޫ

3- އަހުމަދު އުސައިދު ހަސަން، ލަކީސްޓާ/ ގދ.ހޯޑެއްދޫ

4- އާއިޝަތު ރަޝީދު، ކޮކާގެ/ އައްޑޫ ފޭދޫ

5- ހައްވާ ރީނާ ހަސަން. މ. ދިއްކަލި/ މާލެ

6- އިބްރާހީމް ތައުފީގު، މއ. ރިހިވިލާގެ/ މާލެ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މި ނަންތައް ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް މިއަދު ފޮނުވި ރިޕޯޓުގައިވާ ގޮތުން ހުރިހާ ބޭފުޅުންނާ ވެސް ކޮމިޓީން އިންޓަވިއުކޮށް، މައުލޫމާތު ސާފުކުރި އެވެ. އަދި އެއަށް ފަހު، ހަ ބޭފުޅުންނާ މެދުގައި ވެސް ކޮމިޓީއަށްް ފެންނަ ގޮތެއް ކަނޑައަޅަން ކޮމިޓީގައި ވޯޓަށް އެހި އެވެ.

ޕޮލިސް ބޯޑަށް އައްޔަން ކުރަން ކޮމިޓީގެ މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިވަޑައިގެންނެވީ ހަމައެކަނި ސަފާއަށް ކަމަށް ވާތީ ކޮމިޓީން ތަޅުމަށް ފޮނުވީ އޭނާގެ ނަމެވެ. ޕޮލިސް ބޯޑަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށްް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ ތެރެއިން 34 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެއް މެމްބަރަކު ދެއްވީ ވަކިގޮތަކަށްް ވޯޓުދޭން އެދިވަޑައިނުގަންނަވާ ކަމަށެވެ.