Roadha Mihaaru
ހިޔާ ފްލެޓްގެ ކުއްޔަކީ މަހަކު 7،500ރ.

ހިޔާ ފްލެޓްގެ ކުއްޔަކީ މަހަކު 7،500ރ. ޑައުންޕޭމަންޓް ދައްކާ ނަމަ ކުލި ކުޑަވާނެ

07 އެޕްރީލް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތައް ޑައުންޕޭމަންޓާ ނުލައި މަހު ކުއްޔަކީ 7،500ރ. ކަމަށް ސަރުކާރުން ނިންމައިފި އެވެ. '

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތައް ޑައުންޕޭމަންޓާ ނުލައި މަހު ކުއްޔަކީ 7،500ރ. ކަމަށް ސަރުކާރުން ނިންމައިފި އެވެ. '

ރައީސް އޮފީހުގައި އޮތް މީޑިއާ ބްރީފިންގައި އެކަން އިއުލާން ކުރައްވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ޑައުންޕޭމަންޓާއެކު ކުއްޔަށް ދޭ ނަމަ އެ އަދަދު 7،500ރ. އަށް ވުރެ ކުޑަވާނެ ކަމަށެވެ. ޑައުންޕޭމަންޓު ދައްކާ މީހުންނަށް ދެ އޮޕްޝަނެއް ދޭނެ ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެ މަޝްވަރާ އަދި ދަނީ ކުރިއަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ޑައުންޕޭމަންޓް ދައްކާ މިންވަރަކުން އެ އަގަށް ބަދަލު އަންނާނީ،" އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓަށް ދައްކަން ޖެހޭ އެންމެ ބޮޑު އަގަކީ 7،500ރ. ކަމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް އެއީ އެ ފްލެޓްގެ އަސްލު އަގާ ބަލާފައި ވަރަށް ކުޑަ އަގެއް ކަމަށާއި މި މަޝްރޫއުގެ އުނދަގޫ އެޗްޑީސީއަ ށް ވަރަށް ބޮޑު ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ހިޔާ ފްލެޓްތައް އިމާރާތް ކުރުމުގެ އަގާއި ލޯނުގެ ފައިނޭންޝަލް ކޮސްޓާއެކު ފްލަޓަކަށް އަސްލު ޖެހޭ އަގަކީ 11،000ރ. އެވެ.

ހިޔާ ފްލެޓް ލިބިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ގުރުއަތު ނެގުން މާދަމާ އޮންނާނެ އެވެ.

އަސްލަމް ވިދާޅުވީ ގުރުއަތު ނަގާ ނިމުމުން އެޗްޑީސީން އެ މީހުންނާއެކު އެއްބަސްވުމެއް ހަދާނެ ކަމަށާއި އެ ފްލެޓްތަކަށް ވަނުމަށްޓަކައި ދޮރާއި ބޮކި އަދި ތަށިމުށި ޖެހުމުގެ ކަންކަން އަމިއްލައަށް ކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

ހިޔާ ފްލެޓް ދޫކުރުމުގެ އަގާއި ގުރުއަތުލުން މި ބާއްވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުމަށް ހަތަރުވަރަކަށް ދުވަހަށް ވެފައި ވަނިކޮށެވެ. ލޯކަލް އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު. މި ސަރުކާރުން ވަނީ މިދިޔަ ދެ ތިން ހަފުތާގެ ތެރޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށައިފަ އެވެ.