09 އެޕްރީލް 2021
ގިނަ އަދަދެއްގެ ކެނޑިޑޭޓުންނާ އެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބުގެ ކެމްޕެއިންގެ ދޮރު ބަންދުވީ އެވެ. އަހަރެއްހާ ދުވަހަށް ލަސްވެ، ދިގުދެމިގެން ދިއުމާ ގުޅިގެން އިންތިހާބުގެ ފޯރި ވަރަށް ކުޑަވި ނަމަވެސް ކެމްޕެއިންގެ ފަހު ވަގުތު ދިޔައީ ގަދަ ފޯރީގަ އެވެ.
ގިނަ އަދަދެއްގެ ކެނޑިޑޭޓުންނާ އެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބުގެ ކެމްޕެއިންގެ ދޮރު ބަންދުވީ އެވެ. އަހަރެއްހާ ދުވަހަށް ލަސްވެ، ދިގުދެމިގެން ދިއުމާ ގުޅިގެން އިންތިހާބުގެ ފޯރި ވަރަށް ކުޑަވި ނަމަވެސް ކެމްޕެއިންގެ ފަހު ވަގުތު ދިޔައީ ގަދަ ފޯރީގަ އެވެ.
ރީނދުލާއި ފިޔާތޮށި ކުލައިގެ ބެނާތަކާއި ދިދަތައް ދަމާ ފުރާލާފައިވާ މާލޭގައި ޕީޕީއެމާއި އެމްޑީޕީން ކެމްޕެއިން ހަރަކާތްތައް މިއަދު ފެށީ ހަވީރު ވަގުތު އެވެ. ބޮޑުތަކުރުފާނު މަގު އިރުމަތީ ފަރާތުގައި ހުންނަ އެމްޑީޕީގެ ހަރުގެއިން ކެމްޕެއިން ލަވަ ޖަހަން ފެށުމާއެކު، ހަމަ އެ ތަނާ ކައިރީ ހުރި ޕީޕީއެމްގެ ޖަގަހައިން ވެސް ލަވަ ޖަހަން ފަށައި ސަޕޯޓަރުން މަގުމައްޗަށް ނިކުތެވެ.
އެމްޑީޕީގެ ފޯރިގަދަ ކެމްޕެއިން ހަރަކާތްތައް ނިންމުމުގެ މަރުހަލާ އިއްޔެ ވަނީ ފަށައިފަ އެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ބޮޑު ޓީމެއް އއ. ރަސްދު އަށް ގޮސް ޖަލްސާއެއް ބާއްވައި، ވަރަށް ފޯރީގައި ކެމްޕެއިން ކުރި އެވެ.
ޕީޕީއެމްގެ ސަޕޯޓަރުން މިއަދު އެ ޕާޓީގެ އޮފީސް ކުރިމަތީގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ޕާޓީން މިއަދު މާލޭގައި ކުރިޔަށް ގެންދިޔައީ ލޮރީ ބުރެކެވެ. ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މާލޭ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރާ އެކު ކުރިޔަށް ދިޔަ އެ ރެލީގެ ފަހަތުން އެ ޕާޓީގެ ސަޕޯޓަރުން އެމްޑީޕީގެ ދިދަ ހިފައިގެން ސައިކަލުތަކުގައި ދިޔަ އެވެ.
އޭގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވީޑިއޯއެއް މެދުވެރިކުރައްވައި ޕާޓީގެ ސަޕޯޓަރުންނަށް ފަހުގެ މެސެޖެއް ވެސް ދެއްވި އެވެ.
އެ ވަގުތު ޕީޕީއެމްގެ ސަޕޯޓަރުން ފިޔާތޮށި ދިދަ ނަގައިގެން އެ ޕާޓީ އޮފީސް ކައިރީ ތިބެ ފޯރި ނަގަމުން ދިޔަ އެވެ. އަދި ޕޭވްމަންޓު މަތީގައި ޕޯޑިއަމް ބަހައްޓައި، ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ފަހު ބަސް ވިދާޅުވުން އޮތެވެ.
އެމްޑީޕީން މިއަދު މާލޭގައި ބޭއްވި ކެމްޕޭން ހަރަކާތުގައި މަޖިލީހުގެ ނަޝީދާއި އަނަސް -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިދިކޮޅު ޕާޓީގެ ކެމްޕެއިން ނިންމާލީ ދުއާއަކުންނެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީން އުންމީދަކީ ކައުންސިލް އިންތިހާބުގައި ހީވެސް ނުކުރާ ފަދަ ކާމިޔާބެއް ލިބުމެވެ. އަދި ހާއްސަކޮށް މާލޭ މޭޔަރު ކަމުގެ ގޮނޑި މުއިއްޒަށް ލިބޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް ހީނާ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނާއި އެމްޑީޕީގެ އިތުރުން އެހެން ބައެއް ޕާޓީތަކުން ވެސް މި އިންތިހާބުގައި ވާދަ ކުރެ އެވެ. އެކަމަކު ބައެއް ޕާޓީތަކުގެ ރަސްމީ ހަރަކާތްތަކެއް ނުފެނެ އެވެ. އަދި ކެންޑިޑޭޓުންނާ އެކު ޕާޓީތަކުގެ ލީޑަޝިޕްގެ ބޭފުޅުން ކެމްޕެއިން ކުރެއްވި ތަނެއް ވެސް ނުފެނެ އެވެ.
ނަމަވެސް އެމްއާރްއެމް އިން މިއަދު ވެސް ދޮރުން ދޮރަށް ހިނގައި ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދިޔަ އެވެ. އެ ހަރަކާތުގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ބައިވެރިވެވަޑައިގަތެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ފަރާތުން 647 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުން ވާދަ ކުރާއިރު ޖުމްހޫރީ ޕާޓީން ވެސް 115 ކެންޑިޑޭޓުން ނެރުނެވެ.
އެމްޑީޕީއިން ބޭއްވި އެޕާޓީގެ ލޯކަލް ކައުންސިލް ކެމްޕޭން ނިންމާލި ސައިކަލު ބުރުގެ ތެރެއިން--. ފޮޓޯ:ނިޝާން އަލީ/މިހާރު
މާދަމާ ހެނދުނު 7 ޖަހާއިރު މުޅި ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލާން ފަށާނެ އެވެ. އެކަމަކު ތަޖުރިބާރުން ބުނަނީ އެހެން އަހަރުތަކާ ހިލާފަށް ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މަދުވުން އެކަށީގެންވާ ކަމަށެވެ.
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު
"ހަމަނުޖެހުން ހިނގީ ވޯޓު ގުނަން ހުރަސް އެޅުމުން"
އެހެން ދާއިރާއެއްގެ ބަޔަކު ވޯޓުދިން ކަމުގެ ޝަކުވާއެއް
އެމްޑީޕީގެބާރު އޮތް އިހަވަންދޫ ވެސް ޕީޕީއެމަށް
އެމްޑީޕީގެ ހާއްޔަށް ޕީޕީއެމުން ބިސް އަޅައިފި
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
ތިނަދޫކައުންސިލަށް ފުރަތަމަ ފަހަރަށް ޕީޕީއެމް މެމްބަރުން
އައްޑޫގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީ އަށް ގެއްލިއްޖެ