Roadha Mihaaru
ވޯޓު ލާނެ ބަޔަކު ނެތް، ފޯރިއެއް ވެސް ނެތް!

ވޯޓު ލާނެ ބަޔަކު ނެތް، ފޯރިއެއް ވެސް ނެތް!

10 އެޕްރީލް 2021

ވޯޓު ލާނެ މީހަކު ނެތިގެން ބައެއް ސެންޓަރުތަކުގައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓުލުން ނުފެށޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވޯޓު ލާނެ މީހަކު ނެތިގެން ބައެއް ސެންޓަރުތަކުގައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓުލުން ނުފެށޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރީފް "މިހާރު" އަށް ވިދާޅުވީ ބަޔަކު ނެތިގެން ވޯޓުލުން ނުފެށި އުޅެނީ ހައެއްކަ ފޮއްޓަށް ކަމަށެވެ. އެއީ މާލެ ފިޔަވައި ބައެއް ރަށްރަށާއި ރިސޯޓުތަކެވެ.

މާލޭގައި ބައެއް ފޮށިތަކަށް ވޯޓުލާން ނުފެށި އުޅެނީ އިދާރީ ސަބަބުތަކާ ގުޅިގެން އެކަނި ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެނދުނު 8:20 އާ ހަމައަށް ވޯޓުލުން ފަށާފައިވަނީ 72 ޕަސެންޓުގެ ވޯޓު ފޮއްޓަށެވެ. ފަހުގެ މައުލޫމާތެއް އަދި ސާފެއް ނުވެ އެވެ.

ރާއްޖޭގައި މިއަދު މި ބާއްވާ ކައުންސިލްގެ ހަތަރު ވަނަ އިންތިހާބުގައި ވޯޓުލުން ފެށިތާ ދެ ގަޑިއިރު ވިއިރު ބައެއް މަރުކަޒުތައް އޮތީ ހުހަށެވެ. ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންތިހާބު ބާއްވާތީ ބައެއް މީހުން ވޯޓުލާން ބޭނުން ނުވާ ކަމަށް ވާހަކަތަކުން އެނގެ އެވެ.

އެހެން އިންތިހާބުތަކާ ހިލާފަށް މާލެތެރޭގައި ވެސް ހަލަބޮލި ކަމެއް ނެތެވެ.

މި އިންތިޚާބުގައި ޖުމްލަ 3،814 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި 2،234 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީއަށް ވާދަކުރާ 1،580 ކެންޑިޑޭޓުންނެވެ.