Roadha Mihaaru
ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރަކަށް އާތިފްް

ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރުގެ ގޮނޑި އެމްޑީޕީ އަށް

10 އެޕްރީލް 2021

ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ނިކުންނެވި، މުހައްމަދު އާތިފް ހޮވިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ނިކުންނެވި، މުހައްމަދު އާތިފް ހޮވިއްޖެ އެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މި ވަގުތު 619 ވޯޓުގެ ތަފާތަކާ އެކު ކުރީގައި އުޅެނީ އާތިފެވެ. އާތިފަށް 1841 ވޯޓު ލިބިވަޑައިގެންފައި ވާއިރު އޭނާއާ އެންމެ ގާތުން ވާދަކުރައްވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ، އަބްދުﷲ އިގްބާލެވެ. އޭނާ އަށް 1222 ވޯޓު ލިބިވަޑައިގެންފައި ވެ އެވެ.

އޭގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ، އަހުމަދު ސައީދަށް 109 ވޯޓު ލިބިވަޑައިގެންނެވި އިރު އާދަމް ޝަރީފް މުހައްމަދަށް 129 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.

މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލަކަށް ބަދަލުކުރި ފަހުން، އެ ސިޓީ އަށް މޭޔަރަކު ހޮވި ފުރަތަމަ ފަހަރެވެ.

ރާއްޖެގެ ހަތަރު ސިޓީގެ ތެރެއިން ތިން ސިޓީއަކުން މޭޔަރުގެ ގޮނޑި އެމްޑީޕީ އަށް ވަނީ ކާމިޔާބު ވެފަ އެވެ. އެކަމަކު މާލޭގެ މޭޔަރުކަމުގެ ގޮނޑި ނަގާފައި ވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި ފުވައްމުލަކުގެ މޭޔަރަކަށް އެމްޑީޕީގެ ކެންޑިޑޭޓް، އިސްމާއިލް ރަފީގް ކާމިޔާބުކުރެއްވި އިރު އައްޑޫގެ މޭޔަރަކަށް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރެވެ.