Roadha Mihaaru
އުސޫލްތަކާ ޚިލާފުވުމުން ރެސްޓޯރެންޓުގެ މެނޭޖަރު ޖޫރިމަނާ

އުސޫލްތަކާ ޚިލާފުވުމުން ރެސްޓޯރެންޓުގައި ކާންތިބި މީހުން ޖޫރިމަނާ

11 އެޕްރީލް 2021

ޕެރިސް (އެޕްރީލް 11) - ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެ، ފްރާންސްގެ ވެރިރަށުގެ ރެސްޓޯރެންޓެއްގައި ކާން ތިބި 100 މީހުން ޖޫރިމަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (އެޕްރީލް 11) - ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެ، ފްރާންސްގެ ވެރިރަށުގެ ރެސްޓޯރެންޓެއްގައި ކާން ތިބި 100 މީހުން ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ އެ ރެސްޓޯރެންޓުގެ މެނޭޖަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނަށް ރިޕޯޓް ލިބުނީ އެ ރެސްޓޯރެންޓުގައި އަޑުގަދަވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އަމިއްލަ ބައެއް ޓީވީ ޗެނަލްތަކުން ވަނީ ސިއްރު ކެމެރާ ބޭނުންކޮށްގެން ރެސްޓޯރެންޓްތަކުގައި ގަވާއިދާ ޚިލާފަށް މީހުން ކައިބޯ މަޖާކުރާ މަންޒަރުތައް ނަގައިފަ އެވެ. އެ މަންޒަރުތަކާ ގުޅިގެން ފްރާންސްގެ ދާޚިލީ ވަޒީރު ޖެރަލްޑް ޑާމަނިން ވަނީ އެކަން ތަހުގީގު ކުރުމަށް އަންގަވައިފަ އެވެ. އަދި އެއީ ގަބޫލް ކުރެވޭނެ ކަންކަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެންމެ ފަހުން ޖޫރިމަނާކުރި ރެސްޓޯރެންޓުގައި 110 މީހުން ތިބި ކަމަށެވެ.

ވީޑިއޯ ރިޕޯޓުގައި ބުނެފައި ވަނީ ލޮކްޑައުން އުސޫލުތަކާ ޚިލާފުވެއްޖެ ނަމަ، އެ މީހުން ނުރައްކަލަށް ހުށަހެޅުމުގެ ކުށުގައި އެއް އަހަރަށް ޖަލަށްލުން ނުވަތަ 15،000 ޔޫރޯ އިން ޖޫރިމަނާކުރުން، ކާފިއުއާ ޚިލާފުވުމުން ކޮންމެ މީހަކު 135 ޔޫރޯ އިން ޖޫރިމަނާކުރުން އަދި މާސްކް ނާޅާ އުޅުމުން ކޮންމެ މީހަކު 135 ޔޫރޯ އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާތީ ފްރާންސްގެ ބޮޑު ބައެއް މިހާރު ވަނީ ލޮކްޑައުންގަ އެވެ. ހުރިހާ ސްކޫލްތަކާއި އަސާސީ ތަކެތި ވިއްކާ ފިހާރަތައް ނޫން ތަންތަން ވަނީ ބަންދުކޮށްފަ އެވެ. އިރުއޮއްސި 7 އިން ހެނދުނު 6 އަށް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.

ފްރާންސް އިން މިހާތަނަށް ވަނީ ގާތްގަނޑަކަށް ފަސް މިލިއަން މީހުން ޕޮޒިޓިވްވެ 98,395 މީހުން މަރުވެފަ އެވެ. ފްރާންސް އިން އާ ވޭރިއަންޓްތައް ފެނުމުގެ އިތުރުން ވެކްސިން ލިބުމުގެ ތާށިކަން ވެސް އެ ގައުމަށް ވަނީ ކުރިމަތިވެފަ އެވެ.