Roadha Mihaaru
އެމްޑީޕީ އޮފީހަށް ގެއްލުންދިނުން: ތިން މީހުން ހައްޔަރު

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި

15 އެޕްރީލް 2021

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުން ދިން މައްސަަލައާ ގުޅިގެން ތިން މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުން ދިން މައްސަަލައާ ގުޅިގެން ތިން މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެމްޑީޕީގެ އޮފީހަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހެނަކު ހަައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 24 އަހަރުގެ ފިރިހެނެއްގެ އިތުރުން، 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ އަންގާރަ ދުވަހު، އެމްޑީޕީގެ އޮފީހަށް ގެއްލުން ދިންއިރު އެ ދުވަހު ވަނީ ކައުންސިލް އިންތިހާބުގެ ބައެއް ފޮށިތަކުގެ ވޯޓު އަލުން ގުނަން މަސައްކަތް ކުރުމުން އިންތިހާބާ ބެހޭ މައި މަރުކަޒުގައި ހަމަނުޖެހުން ވެސް ހިނގައިފަ އެވެ.

އެތަނަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ވަޑައިގަތުމުން އިދިކޮޅު، ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމަކު އެމްޑީޕީން ބުނެފައި ވަނީ އެ ހަމަނުޖެހުންތައް ހިނގީ ވޯޓުތައް އަލުން ގުނަން މަަސައްކަތްކުރުމުން ކަމަށެވެ.