Roadha Mihaaru
އަރުޖުންގެ "ސަރުދާރު ކާ ގްރޭންޑްސަން" އަންނަ މަހު

އަރުޖުން އާއި ރަކުލްގެ "ސަރުދާރު ކާ ގްރޭންޑްސަން" އަންނަ މަހުގެ 18 ގައި ނެޓްފްލިކްސް އަށް

23 އެޕްރީލް 2021

އަރުޖުން ކަޕޫރާއި ރަކުލް ޕްރީތު ސިންގް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ސަރުދާރު ކާ ގްރޭންޑްސަން" އަންނަ މަހުގެ 18 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަރުޖުން ކަޕޫރާއި ރަކުލް ޕްރީތު ސިންގް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ސަރުދާރު ކާ ގްރޭންޑްސަން" އަންނަ މަހުގެ 18 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރަން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

މިއީ ކްރޮސް-ބޯޑާ ލަވް ސްޓޯރީއެއް ފެނިގެންދާނެ މަޖާ ފިލްމަކަށް ވާނެ އެވެ. ޓްރެއިލާ އިން ވެސް ފިލްމަކީ މަޖާ ފިލްމަކަށްވުމުގެ އިތުރުން ވަރަށް ޖަޒުބާތީކޮށްލާނެ ފިލްމެއްކަން އެނގެ އެވެ. ސަބަބަކީ ފިލްމުގެ ވާހަކަ އިންޑިއާ އާއި ޕާކިސްތާނާ ގުޅޭތީ އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ކާޝްވީ ނައިރްގެ "ސަރުދާރު ކާ ގްރޭންޑްސަން" ގެ ކާސްޓުން ޖޯން އަބްރަހަމާއި އަދިތީ ރާއޯ ހައިދަރީ އާއި ނީނާ ގުޕްތާ އާއި ކުމުދު މިޝްރާ އާއި ކަންވަލްޖީތު ސިންގް އާއި އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާނާއި ދިވްޔާ ސޭތު ވެސް ފެނިގެން ދާނެ އެވެ.

މި ފިލްމަކީ މި އަހަރު ރިލީޒްވާ އަރުޖުންގެ ދެވަނަ ފިލްމެވެ. މިދިޔަ މަހު އޭނާގެ "ސަންދީޕް އޯރް ޕިންކީ ފަރާރު" ސިނަމާތަކަށް ގެނެސްފައިވެ އެވެ. "ސަރުދާރު ކާ ގްރޭންޑްސަން" ރިލީޒްކުރާ އިރު މިދިޔަ ހަފުތާފައި އަރުޖުން އާއު ރަކުލް އެކީގައި ކުޅެފައިވާ ވީޑިއޯ ލަވަ "ދިލް ހޭ ދިވާނާ" ނެރެފައިވެ އެވެ.