Roadha Mihaaru
އުކާލާ ފެނުން ބޯފެން އުފައްދައިގެން ދުނިޔޭގެ ރެކޯޑެއް

އުކާލާ ފެނުން ބޯފެން އުފައްދައިގެން ދުނިޔޭގެ ރެކޯޑެއް

24 އެޕްރީލް 2021

އުކާލާ ފެން ރިސައިކަލްކޮށްގެން 24 ގަޑިއިރު ތެރޭ އެންމެ ގިނަ އަދަދަކަށް ބޯފެން އުފެއްދުމުގެ ރެކޯޑް އެމެރިކާގެ ކެލިފޯނިއާގެ ދެ ކައުންޓީއެއް ގުޅިގެން ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުކާލާ ފެން ރިސައިކަލްކޮށްގެން 24 ގަޑިއިރު ތެރޭ އެންމެ ގިނަ އަދަދަކަށް ބޯފެން އުފެއްދުމުގެ ރެކޯޑް އެމެރިކާގެ ކެލިފޯނިއާގެ ދެ ކައުންޓީއެއް ގުޅިގެން ހަދައިފި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެ ރެކޯޑް ހެދީ އޮރެންޖް ކައުންޓީ ވޯޓަ ޑިސްޓްރިކްޓް (އޯސީޑަބްލިއުޑީ) އާއި އޮރެންޖް ކައުންޓީ ސެނިޓޭޝަން ޑިސްޓްރިކްޓް (އޯސީއެސްޑީ) ގުޅިގެންނެވެ. ސައުވީސް ގަޑިއިރުގެ ތެރޭގައި ރިސައިލްކޮށްގެން ބޯފެން އުފައްދަން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރޭގައި 100,008 މިލިއަން ގެލަން (378،571 ލިޓަރު) ގެ ފެން އުފައްދާފައިވެ އެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ ގްރައުންޑްވޯޓަ ރިޕްލެނިޝްމެންޓް ސިސްޓަމް (ޖީޑަބްލިއުއާރްއެސް) ގެ އެހީގަ އެވެ. އެއީ ފެން ސާފުކުރުމުގެ ދުނިޔޭގެ އެންމެ ބޮޑު އެއް ފެސިލިޓީ އެވެ.

ރެކޯޑަކަށް ފެން ހެދީ އެތަނުގެ 10 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެންނެވެ، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މޫސުމަށް އަންނަ ބަތަލުތަކާ އެކު، ހަނަފަސްކަން އިތުރުވެ، މިހާރު ސާފު ބޯފެނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާތި އެކަމަށް ހޭލުންތެރިކަން އުފެއްދުމެވެ.

ރިސައިކަލްކޮށްގެން 24 ގަޑިއިރު ތެރޭގައި ބޯފެން އުފައްދައް ބޭއްވި ހަރަކާތް ކުރިއަށް ގެންދިޔައީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ އޮފިޝަލުންގެ ވެސް ހާޒިރުގަ އެވެ. ބޭނުމަކީ އުފެއްދި ފެނަކީ ބޯން ރައްކާތެރި ފެންކަން އެ މީހުން ލައްވައި ކަށަވަރުކުރުމެވެ.

މި ކާމިޔާބީއާ ގުޅިގެން އޯސީއެސްޑީގެ ބޯޑު ޗެއާމަން އަދި ޖީޑަބްލިއުއާރްއެސްގެ ސްޓިއަރިން ކޮމެޓީގެ ވައިސް-ޗެއާ ގްރެގް ސިބޯން ވިދާޅުވީ ޓެކްނޮލޮޖީގެ އެހީގައި މިހާރު ސާފު ފެން އުފެއްދުން ފަސޭހަ ކަމަށާއި ދެން އޮތީ އެގޮތަށް އުފައްދާ ފެނުގެ ސަޕްލައި އިތުރުކުރުން ކަމަށެވެ.

އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 100 މިލިއަން ގެލަންގެ ފެން އޯސީޑަބްލިއުޑީ އާއި އޯސީއެސްޑީ އަށް ސަޕްލައިކޮށް ދެމުން އަންނަ އިރު އަމާޒަކީ އެ އަދަދު 130 މިލިއަން ގެލަން އަށް އިތުރުކުރުމެވެ. އޭރުން މިލިއަނެއްހާ މީހުންނަށް ރިސައިކަލްކުރި ސާފު ބޯފެން ލިބޭނެ އެވެ.