Roadha Mihaaru
ވިލާ ކޮލެޖުން، ކުރު ކޯސްތަކެއް ހިލޭ، އެލަވަންސާ އެކު

މުހިންމު ކޯސްތަކެއް ހިލޭ އަދި އެލަވަންސް ލިބޭ ގޮތަށް ވިލާ ކޮލެޖުން ފަށަނީ

05 މެއި 2021

"ސްކިލްސް ފޯ އަ ރެޒިލިއަންޓް ވާކްފޯސް" ޕްރޮގްރާމްގެ ދަށުން، ހިލޭ އަދި އެލަވަންސް ލިބޭ ގޮތަށް ވިލާ ކޮލެޖުން އަލަށް ތައާރަފްކުރާ ކުރު ކޯސްތަކެއް މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"ސްކިލްސް ފޯ އަ ރެޒިލިއަންޓް ވާކްފޯސް" ޕްރޮގްރާމްގެ ދަށުން، ހިލޭ އަދި އެލަވަންސް ލިބޭ ގޮތަށް ވިލާ ކޮލެޖުން އަލަށް ތައާރަފްކުރާ ކުރު ކޯސްތަކެއް މިއަދު އިއުލާންކޮށްފި އެވެ.

މި ޕްރޮގްރާމްގެ ދަށުން ތައާރަފުކުރި ކޯސްތަކަކީ ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް، ހައުސްކީޕިން، ލައިފްގާޑިން، ވޯޓަ ސްޕޯޓްސް އަދި ޓިކެޓިން އެންޑް ރިޒަވޭޝަން ކޯސްތަކެވެ.

މި ކޯސްތަކަކީ 16 ހަފުތާގެ ދިގުމިނަށް، މުޅިން ހިލޭ ކުރިއަށް ގެންދާ ކޯސްތަކެކެވެ.

މި ކޯސްތައް އިއުލާނުކުރަން ވިލާ ކޮލެޖުގެ ކިޔުއައި ކެމްޕަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ މިފަދަ ކޯސްތަކެއް ރާއްޖޭގައި ތިބެގެން މުޅިން ހިލޭ ކިޔަވާލެވުމަކީ ދަރިވަރުންނަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ކުރިން ނުހުޅުވި ހުރި އެތައް ދޮރެއް ދިވެހި ޒުވާނުންނަށް މި ޕްރޮގްރާމްގެ ސަބަބުން ހުޅުވާނެ ކަމަށް ވިދާޅުވި އެވެ.

ސްކިލްސް ފޯ އަ ރެޒިލިއަންޓް ވާކްފޯސް ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖުން އަލަށް ތައާރަފްކުރާ ކޯސްތައް އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: ވިލާ ކޮލެޖް

ސްކިލްސް ފޯ އަ ރެޒިލިއަންޓް ވާކްފޯސް ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖުން އަލަށް ތައާރަފްކުރާ ކޯސްތައް އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: ވިލާ ކޮލެޖް

ހިލޭ ކިޔެވޭ މި ކޯސްތަކުގައި މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ވެސް ދަރިވަރުންނަށް ލިބޭނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޑިރެކްޓާ، އަލީ ޝަރީފް ވިދާޅުވީ މި އެލަވަންސް ލިބުމަކީ މި ކޯސްތައް ފުރިހަމަކުރުމުގައި މާލީ ގޮތުން ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށެވެ. އަދި މިއީ ވީހާ ވެސް ގިނަ ޒުވާނުން މި ފުރުސަތުގެ ބޭނުން ހިފުމަށް ލިބޭނެ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކޯސްތަކަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހެވެ. ކޯސްތަކަށް އެދި އޮންލައިންކޮށް އަދި ވިލާ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ.