Roadha Mihaaru
ކޮވިޑްގައި ހާލުގައިޖެހޭ މީހުންނަށް ޖެކްލީން އެހީވަނީ

ކޮވިޑް-19 ގައި ހާލުގައިޖެހޭ މީހުންނަށް އެހީވާން ޖެކްލީންގެ ފައުންޑޭޝަނެއް

06 މެއި 2021

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތި އެކި ފަރާތްތަކަށް އެކި ގޮތްގޮތަށް އެހީވުމަށް ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނާންޑޭޒް އަމިއްލަ ފައުންޑޭޝަނެއް ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތި އެކި ފަރާތްތަކަށް އެކި ގޮތްގޮތަށް އެހީވުމަށް ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނާންޑޭޒް އަމިއްލަ ފައުންޑޭޝަނެއް ލޯންޗްކޮށްފި އެވެ.

ސްރީ ލަންކާ އަށް ނިސްބަތްވާ ބަތަލާގެ "ޔޯލޯ ފައުންޑޭޝަން" ގެ ފަރާތުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާނާ ފޯރުކޮށް ދިނުމާއި މާސްކާއި ސެނިޓައިޒާ ފޯރުކޮށް ދިނުމާއި ފުލުހުންނަށް މާސްކް ދިނުމާއި ޖަނާވަރުންނަށް އަޅާލައި އެހީވުން ވެސް ހިމެނެ އެވެ. މި މަސައްކަތްތައް ޔޯލޯ ފައުންޑޭޝަނުން ކުރިއަށް ގެންދާނީ އެކި ޖަމާއަތްތަކާ ގުޅިގެންނެވެ. ފައުންޑޭޝަންގެ ޓެގް ލައިނަކީ "ޝެއަރިން ސްޓޯރީޒް އޮފް ކައިންޑްނެސް" އެވެ.

ޖެކްލީން ބުނި ގޮތުގައި ފައުންޑޭޝަނަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ.

އިންޑިއާގެ ހާލަތު ގޯސްވުމާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ތަރިން އަންނަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުންނެވެ.

"ކިކް" އާއި "ރޭސް 3" އާއި "ޖުޅުވާ 2" އާއި "ޑިޝޫމް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޖެކްލީންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫތު ޕޮލިސް" އާއި "އެޓޭކް" އާއި "ސާކަސް" އާއި "ބައްޗަން ޕާންޑޭ" އަދި "ރާމް ސެތޫ" ހިމެނެ އެވެ.