05 ނޮވެމްބަރ 2021
މިހާރު ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ލަވަ "މަނިކެ މަގޭ ހިތޭ" އަށް ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް، އެ ލަވައިގެ އަޑުގެ ވެރިޔާ ޔޮހާނީއާ އެކު ނަށާ ވީޑިއޯއެއް އާންމުކޮށްފި އެވެ.
މިހާރު ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ލަވަ "މަނިކެ މަގޭ ހިތޭ" އަށް ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް، އެ ލަވައިގެ އަޑުގެ ވެރިޔާ ޔޮހާނީއާ އެކު ނަށާ ވީޑިއޯއެއް އާންމުކޮށްފި އެވެ.
ޖެކްލީންގެ އިންސްޓަގްރާމްގައި މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯގައި ލަވައިގެ މިއުޒިކާ އެއްވަރަށް އޭނާއާ އެކު ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ވެސް ސްޓެޕް ޖައްސާތަން ފެނެ އެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ޖެކްލިންއަކީ ވެސް ސްރީލަންކާ މީހެއް ކަމެވެ. މިހާރު ބޮލީވުޑް އެންމެ ވިދާ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޖެކްލީން، 36، އަކީ ލަންކާގެ ކުރީގެ ރީތީގެ ރާނީ އެވެ. އަދި އޭނާ އަކީ އެ ގައުމުގެ ފަންނާނުންގެ ތެރެއިން ބޮލީވުޑުން ބޮޑު މަޝްހޫރު ކަމަކާއި ކުރިއެރުމެއް ހޯދި ފުރަތަމަ ބަތަލާ ވެސް މެ އެވެ.
"މަނިކެ މަގޭ ހިތޭ" އަށް ލިބުނު މަޝްހޫރުކަމާ އެކު ޔޮހާނީ އިންޑިއާގައި ދާދި ފަހުން ޓުއާއެއް ވެސް ބާއްވާފައިވެ އެވެ. އޭނާގެ ވިދުން ގަދަކޮށްލި ލަވައިގެ ހިންދީ ވާޝަނެއް ހިންދީ ފިލްމު "ތޭންކް ގޯޑް" ގައި ވެސް ހިމަނަން ވަނީ ނިންމައިފަ އެވެ. އިންދަރު ކުމާރު ޑައިރެކްޓްކުރާ އެ ފިލްމަކީ އަޖޭ ދޭވްގަނާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ސިދާތު މަލްއުތުރާ ލީޑް ރޯލު ކުޅޭ ފިލްމެކެވެ.
މިދިޔަ މަހު ޔޮހާނީ ކަލާޒް ޗެނެލްގެ "ބިގް ބޮސް 15" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ އޭގެ ހޯސްޓް ސަލްމާން ޚާނަށް ވެސް "މަނިކެ މަގޭ ހިތޭ" ކިޔައި ދީފައިވެ އެވެ.
ޔޮހާނީގެ "މަނިކެ މަގޭ ހިތޭ" ބޮލީވުޑް ފިލްމަކަށް
"މަނިކެ މަގޭ ހިތޭ" ލަވަ ހިމެނޭ ފިލްމު އަންނަ އަހަރު
ވިކީ ރާއްޖޭގައި ޝޫޓްކުރި ޝޯ މިމަހުގެ 12 ގައި
ރާއްޖޭގައި ޝޫޓް ކުރުމަކީ ތަފާތު ތަޖުރިބާއެއް: އަޖޭ
ރާއްޖޭގައި ޝޫޓް ކުރި އަޖޭގެ ޝޯ 22 ގައި
ޔޮހާނީގެ އަމާޒު މިހާރު ބޮލީވުޑަށް ދިމާއަށް
ބެއާ ގްރިލްސްގެ ޝޯއަށް އަޖޭ ރާއްޖެއަށް އަންނަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކޮވިޑްގައި ހާލުގައިޖެހޭ މީހުންނަށް ޖެކްލީން އެހީވަނީ
ޖެކްލިން، ޕްރިޔަންކާ އުޅުނު ގެ ގަނެފި