Roadha Mihaaru
ކަންގަނާ ވެސް ކޮވިޑަށް ޕޮޒިޓިވް

ކަންގަނާ ރަނާވަތު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް

08 މެއި 2021

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އޭނާ އަށް ބަލި ޖެހުނު ވާހަކަ އިންސްޓަގްރާމާއި ފޭސްބުކްގައި ހިއްސާކޮށް ބުނީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝް އަށް ދާން ބޭނުންވެގެން ކޮވިޑަށް ޓެސްޓްކުރީ ހުކުރު ދުވަހު ކަމާއި ހޮނިހިރު ދުވަހު ނަތީޖާ ލިބުނު އިރު، ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. އެހެންވެ މިހާރު ހުރީ މުމްބާއީ ގޭގައި ކަރަންޓީނުވެގެން ކަމަށް ބުންޏެވެ.

މިދިޔަ ހަފުތާގައި ޓްވިޓާ އިން ބޭރުކޮށްލި ކަންގަނާ ކޮވިޑަށް ޕޮޒިޓިވްވި އިރު، އިންޑިއާގައި އެ ބަލީގެ ހާލަތު މިހާރު ވަރަށް ގޯހެވެ. މިހާރު ވެސް ބައެއް ފިލްމީ ތަރިންނާއި ޓީވީ ތަރިން އަންނަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.

މި އަހަރު ކުރީކޮޅު ވެސް ގިނަ އަދަދެއްގެ މަޝްހޫރު ތަރިންނަށް ކޮވިޑް ޖެހުނު އިރު، މިދިޔަ އަހަރު ގިނަ ތަރިންތަކަކަށް ބަލި ޖެހިގެން ފަރުވާ ހޯދި އެވެ.

ކަންގަނާގެ ތިން ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ ކޮވިޑާ ހެދި ރިލީޒްކުރުން ފަސްކޮށްފައިވާ "ތަލައިވީ" ގެ އިތުރުން ޝޫޓިން ނިންމާފައިވާ "ދާކަޅް" އާއި ޝޫޓިން އަދި އެއްކޮށް ނުނިމޭ "ތޭޖާސް" އެވެ.