Roadha Mihaaru
ހަމަލާގެ ތަހުގީގު ވަރަށް އަވަހަށް ނިމޭނެ: ރައީސް

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ވަރަށް އަވަހަށް ނިމި ދައުވާ ކުރަން ފޮނުވާނެ: ރައީސް

09 މެއި 2021

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ވަރަށް އަވަހަށް ނިންމައި، ދައުވާ ކުރަން ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ވަރަށް އަވަހަށް ނިންމައި، ދައުވާ ކުރަން ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ގެންދަވާ ނަޝީދާ ބައްދަލު ކުރެއްވުމަށް ފަހު އެތަނުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހަމަލާ އާ ގުޅޭ ތަހުގީގު ވަރަށް ބާރަށް އަދި ވަރަށް ރަނގަޅަށް ކުރިޔަށްދާ ކަމަށެވެ. އަދި މިއަދު ހެނދުނު ހައްޔަރު ކުރީ އެ މައްސަލާގައި ހިމެނޭ އެންމެ ޕްރައިމް ސަސްޕެކްޓް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑަށް ގަބޫލު ކުރެވެނީ ވަރަށް އަވަހަށް މި ތަހުގީގު ނިމި، ޕްރޮސެކިއުޓް ކުރުމަށްޓަކައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި އެތައް ބަޔަކު އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަންކަން ބެލުމަށްޓަކައި ތަހުގީގު ވަރަށް ފުޅާކޮށް ކުރިޔަށް ގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައާ ގުޅުން އޮތް ކަމަށް ޝައްކު ކުރެވޭ ހަތަރު މީހަކު ހުރި ކަމަށް ފުލުހުން ބުންޏެވެ. މިހާތަނަށް ފުލުހުން ވަނީ އެ މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފަ އެވެ.