18 މެއި 2021
ކުރީގެ ރައީސް މުހައްމަދު ވަހީދަށް ކުރިން ފުރައްސާރަ ކުރެވިފައި ވާތީ މިހާރު އެކަމާ ހިތާމަކުރައްވާ ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދަށް ކުރިން ފުރައްސާރަ ކުރެވިފައި ވާތީ މިހާރު އެކަމާ ހިތާމަކުރައްވާ ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.
އޭރުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަނިކުފާނުގެ ނައިބު ރައީސް ވަހީދު 2012 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމުން އެ ޕާޓީގެ ގިނަ ބައެއްގެ ފުރައްސާރަ އާއި މަލާމާތް ވަހީދަށް ކުރިމަތިވި އެވެ. ވަހީދަށް ގޯނާކުރުމާއި ތަފާތު ހުތުރު ބަސްތަކުން އެ މަނިކުފާނަށް މުހާތަބު ކުރުމުގައި އެމްޑީޕީ އޮތީ އޭރު ހައްދުން ނައްޓައިފަ އެވެ.
ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ، ސިފައިންނާއި ފުލުހުން އެ ދުވަސްވަރު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނުކުމެ ހިންގި ކަންތައްތަކުގެ ތެރެއިން ބަޣާވަތަކުން ކަމަށް އެމްޑީޕީން ގަބޫލުކުރެ އެވެ. ނަމަވެސް ނަޝީދު އިސްތިއުފާ ދެއްވި ދެއްވުން ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ނިންމާފައި ވަނީ އެއީ ބަޣާވާތެއް ނޫނެވެ. ނަޝީދު އިސްތިއުފާ ދެއްވީ އެ ކޮމިޝަނުން ނިންމާފައިވާ ގޮތުން ނަމަ އެއްވެސް މަޖުބޫރު ކަމެއް ނެތި އެވެ.
ވެރިިކަން އެގޮތަށް ބަދަލުވުމުން އެމްޑީޕީގެ ގިނަ އެހެން އެކްޓިވިސްޓުންނެކޭ އެއްގޮތަށް ވައްޑެ ވެސް ވަނީ ވަހީދަށް ފުރައްސާރަކޮށް ގިނަ ޓްވީޓްތަކެއް އެ ދުވަސްވަރު ކުރައްވައިފަ އެވެ. އެފަދަ ބައެއް ޓްވީޓްތަކުގެ ސްކްރީންޝޮޓްތައް އިއްޔެ އާއި މިއަދު ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ހިއްސާކުރަމުންނެވެ.
އެކަން ފެށުނީ ރުޅިވެރި ކަމާއި ނަފްރަތު އުފައްދަން ވާހަކަ ދެއްކުމަކީ ފަހަކަށް އައިސް ރާއްޖޭގައި ހިންގި އެކިިއެކި ޖަރީމާތަކުގެ އަސްލު ކަމަށް ވިދާޅުވެ، މަޖިލީހުގައި އިއްޔެ އާއި މިއަދު ވައްޑެ ވާހަކަ ދެއްކެވުމުންނެވެ.
"...ވަހީދަށް ކާޅަށް ގޮވުނީތީ މިހާރު ދެރަވަން،" ވައްޑޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ވަހީދަށް "ކާޅު' ގެ ނަމުން ގޮވަނީ އެ މަނިކުފާނު ދެރަކޮށްލުމުގެ ގޮތުންނެވެ.
ވަހީދުގެ އަރިހުން މާފަށް އެދިވަޑައިގަތުމުގެ ބަދަލުގައި ޓްވީޓްގައި ވައްޑެ ލިޔުއްވީ، އޭރު އެގޮތަށް ކަންތައް ކުރެވުނު ގޮތުގެ ސަބަބެވެ. އެގޮތަށް ކަންތައް ކުރައްވަން ޖެހިވަޑައިގަތީ ވައްޑެ ވިދާޅުވި ގޮތުގައި "ކާޅެއް ހެން" ވެރިކަން ޖަހައިގަނެ އަނިޔާ ކުރުމުންނެވެ. ވަހީދުގެ ބޭފުޅުން އެކަން ހަނދުމަފުޅު ނައްތާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
R U? Let’s be clear: the reason why u called him a crow was because we are darker than most. That’s why MDP’s slogan was BLACK crow, emphasizing being dark. Lies about PN’s resignation, lies about our patriotism, & lies instigating violence & abuses on #8Feb12 show MDP’s failure https://t.co/zcubtmtJJg
— Jeffrey Salim Waheed (@JSWaheed) May 18, 2021
ޖެފްރީ ސާލިމް ވަހީދުގެ ޓްވީޓެއް. އޭނާ ވިދާޅުވީ ބައްޕާފުޅު ޑރ. ވަހީދަށް "ކާޅަށް" ގޮވީ ހަމުގެ ކުލަޔާ ގުޅުވައިގެން ކަމަށް.
ވައްޑެގެ ޓްވީޓަށް ރައްދު ދެއްވައި ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދު ވިދާޅުވީ "ކާޅަށް" ގޮވީ އޭނާގެ އާއިލާގެ ބޭފުޅުންގެ ކުލަ އަނދިރިވުމުން ކަމަށެވެ. އެމްޑީޕީގެ ސްލޯގަން އެއްގެ ގޮތުގައި "ކަޅުކާޅު" ބޭނުންކުރީ ވަހީދު އާއިލާގެ ބޭފުޅުންގެ ހަމުގެ ކުލަ އަނދިރިކަން ބޮޑަށް ފާހަގަކުރަން ކަމަށް ވެސް ޖެފްރީ ވިދާޅުވި އެވެ.
ނަޝީދުގެ އިސްތިއުފާއާ ބެހޭ ގޮތުން އެމްޑީޕީން ހެދީ ދޮގު ކަމަށާއި އޭރުގައި ހަމަނުޖެހުމަށް ބާރުއެޅި ކަމަށް ވެސް ޖެފްރީ ތުހުމަތު ކުރައްވަ އެވެ.
Since then MDP has relied on Hate, Abuse, Physical & Verbal Assaults, Threats to Life, Liberty & Wellbeing! #AnniLies are politically calculated fantasies made to divide us. We only call for peace, unity, and stability. We #RiseAbove hate & vulgarity. #BeBetter. #TrustTruth.
— Jeffrey Salim Waheed (@JSWaheed) May 18, 2021
ހަރުކަށި ފިކުރު ފަތުރައި މީހުންގެ ލޭހުއްދަކުރަން ގޮވާ މީހުންނާ މެދު އަވަސް ފިޔަަވަޅު އަޅަން ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވައްޑެ އެންމެ ބޮޑަށް ދެއްކެވީ އެމްޑީޕީއާ ދެކޮޅަށް ރާއްޖޭގައި އެންމެ ކުރިއްސުރެ ދައްކަމުން އައި ބައެއް ވާހަކަތަކެވެ. އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދަށް "ލާދީނީ" އޭ ކިޔައިގެން ދައްކަމުން އައި ވާހަކަ ތަކަކީ އެ މަނިކުފާނަށް ދިން ޓެރަރިސްޓް ހަމަލާގެ އަސްލު ކަމަށް އޭނާ ސިފަކުރެއްވި އެވެ.
އެމްޑީޕީގެ ވެރިކަން ވެއްޓުމުން 2012 ވަނަ އަހަރު ވަައްޑޭ ކުރައްވާފައިވާ ޓްވީޓްތަކުގެ ސްކްރީންޝޮޓްތައް މީހުން މިހާރު އަލުން ނަަގައިގެން އާންމު ކުރަން ފެށީ އެ މޭރުމުން ވައްޑެ އިއްޔެ އާއި މިއަދު ވެސް ވާހަކަ ދެއްކެވި ފަހުންނެވެ.
ވެރިކަން ވައްޓާލީ ޑްރަގުގެ ބޮޑުންނާ ގުޅިގެން: އިލްޔާސް
ވެރިކަން ބަދަލުވި ގޮތް ބަލަންވީ ޚާއްސަ ގާނޫނަކުން
"ބަޣާވާތުގެ ކާމިޔާބީ ފާހަގަކުރުމުން" މަލީހު ހޫނުފެނަށް
އާލީޑަޝިޕަކާއެކު، އަދިވެސް އެމްޑީޕީ ބަލިކުރެވޭނެ:އުމަރު
ވަހީދުގެ "އިތުރު ހަ ދުވަހު"ގެ ވެރިކަން ބަލަނީ!
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް
އިންތިގާލީ ކޮމިޝަނުން ފެބްރުއަރީ 7 ބަލާފާނެތަ؟
މީހަކަށް އަނިޔާއެއް ދެވުނު ނަމަ މާފަށް އެދެން: ވަހީދު
30 ޕަސެންޓަކީ ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި