Roadha Mihaaru
މިވަރުގެ ކަމެއް ދިމާވާނެކަމަށް ހިއެއް ނުކުރަން: އަސޫ

މިވަރު ކަމެއް ދިމާވާނެ ކަމަށް ދުވަހަކު ވެސް ހިއެއް ނުކުރަން: އަސޫ

20 މެއި 2021

މި ވަރުގެ ކަންތައްތަކެއް ދިމާވެދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށާއި ފާއިތުވި 24 ގަޑިއިރަކީ ދެމައިންނަށް އުނދަގޫ އިހުސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށް، ފިރިކަލުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާގެ ފަރާތުން ގެވެށި އަނިޔާ ލިބުނު އަސްރާ ނަސީމް ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ވަރުގެ ކަންތައްތަކެއް ދިމާވެދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށާއި ފާއިތުވި 24 ގަޑިއިރަކީ ދެމައިންނަށް އުނދަގޫ އިހުސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށް، ފިރިކަލުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާގެ ފަރާތުން ގެވެށި އަނިޔާ ލިބުނު އަސްރާ ނަސީމް ވިދާޅުވެއްޖެ އެވެ.

އަނިޔާއާ ބެހޭ ގޮތުން އަސްރާ ފޭސްބުކްގައި ލިޔުއްވާފައި މި ވަނީ ގެވެށި އަނިޔާކުރި މައްސަލައިގެ ތަހުގީގަށް އީސަ ހައްޔަރުކުރުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.

ނައިބު ރައީސް ފައިސަލް ނަސީމުގެ ކޮއްކޯފުޅު އަސްރާ އޭނާ އާއި ކުޑަ ދަރިފުޅުގެ ހާލަތާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފައި މި ވަނީ އީސައާ ގުޅޭ ގޮތުން ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަށް އިއްޔެ ބަޔާން ދެއްވުމަށް ފަހުގަ އެވެ.

"ނަމަވެސް މާތްﷲ ގެ ވާގިފުޅާ އެކު އަޅުގަނޑުމެން ދެމައިންގެ ހާލު ވެސް މިހާރު ރަނގަޅެވެ. މި އުނދަގޫ ވަގުތުގައި ރަހުމަތްތެރިންނާއި ހެޔޮ އެދޭ އެންމެހާ ފަރާތްތަކުން އަޅުގަނޑަށް ދެއްވި ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ." އަސޫ ލިޔުއްވާފައިވެ އެވެ.

އަސްރާ އަށް އީސަގެ ފަރާތުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ވަނީ ފަރުވާ ވެސް ހޯއްދަވައިފަ އެވެ.

ދެމަފިރިންގެ އަވަށްޓެރިއަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ދެ ބޭފުޅުން ދިރިއުޅުއްވާ އެޕާޓްމަންޓް ތެރޭގައި އަނިޔާކުރާ އަޑު ވަނީ އިވިފައިވެ އެވެ. އަދި އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ކުޑަ ދަރިފުޅު ވެސް އެތަނުގައި ހުރި ކަމަށް ބުންޏެވެ.

ގާނޫނުތައް ހަދައި ރައްޔިތުންނަށް ހައްގު ހޯދައިދޭންޖެހޭ ފަދަ މަގާމެއްގައި ހުންނެވި އީސައަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނަ ބަޔަކު ގޮވާލައިފައިވެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުން ވެސް ހިމެނެ އެވެ. އީސަ ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވެސް ދަނީ އީސަގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ. އަދި މަޖިލީހުގައި އީސަ މުގައްރިރުކަން ކުރައްވާ އިޖުތިމާއީ ކޮމިޓީން އޭނާ ވަކިކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.