Roadha Mihaaru
ހެރީގެ ދަރިކަނބަލުންގެ ނަމަކަށް "ލިލިބެޓް ޑަޔާނާ"

ހެރީ އާއި މޭގަންގެ ދަރިކަނބަލުންގެ ނަމަކަށް "ލިލިބެޓް ޑަޔާނާ"

06 ޖޫން 2021

އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ޒިންމާތަކުން ދުރަށް ވަޑައިގެން މިހާރު އެމެރިކާގައި ދިރިއުޅުއްވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުންނަށް ދެ ވަނަ ދަރިފުޅު ހުކުރުދުވަހު އުފަންވެއްޖެ ކަމާއި ދަރިކަނބަލުންގެ ނަމަކީ ލިލިބެޓް ޑަޔާނާ ކަމަށް މިއަދު އިއުލާންކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ޒިންމާތަކުން ދުރަށް ވަޑައިގެން މިހާރު އެމެރިކާގައި ދިރިއުޅުއްވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުންނަށް ދެ ވަނަ ދަރިފުޅު ހުކުރުދުވަހު އުފަންވެއްޖެ ކަމާއި ދަރިކަނބަލުންގެ ނަމަކީ ލިލިބެޓް ޑަޔާނާ ކަމަށް މިއަދު އިއުލާންކޮށްފި އެވެ.

އަވަހާރަ ވެފައިވާ ޕްރިންސަސް ޑަޔާނާގެ ހަގު ދަރިކަލުން ކަމަށްވާ ހެރީ، މަންމާފުޅުގެ ނަމާ ގުޅުވައިގެން ދަރިކަލުންނަށް ނަން ދެއްވި އިރު "ލިލިބެޓް" އަކީ މާމާފުޅު، އިނގިރޭސި ރާނީ އެލިޒަބަތުގެ ވަނަމެވެ.

ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި ދަރިކަލުން އުފަންވިކަން އިއުލާނުކޮށް ނެރުނު ބަޔާނުގައިވާ ގޮތުގައި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި މިޑްލް ނޭމްގެ ގޮތުގައި ޑަޔާނާ ކިޔާފައި ވަނީ ހެރީގެ މަންމާފުޅަށް އިހްތިރާމެއްގެ ގޮތުންނެވެ.

ބަޔާނުގައިވާ ގޮތުން ދަރިކަނބަލުން އުފަންވި އިރު ބަރުދަނަކީ 3.4 ކިލޯގްރާމެވެ. މިހާރު ވަނީ ހޮސްޕިޓަލުން ގެޔަށް ބަދަލުކޮށްފައި ކަމަށާއި ކަންކަން މަޑުމަޑުން ހަމަޔަކަށް އެޅެމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ދަރިކަނބަލުން ވާނީ ރާނީ އެލިޒަބަތުގެ 11 ވަނަ މުނިމާމަ ދަރިކަލުންނެވެ. އަދި މިއީ އިނގިރޭސި ތަޚުތަށް އޮތް ތަރުތީބަށް ބަލާ ނަމަ އަށް ވަނަ އަށް ހުންނެވި ބޭފުޅާ އެވެ.

ޝާހީ އާއިލާއާ ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދި ޝާހީ ޒިންމާތައް ދޫކޮށްލައްވައި އެމެރިކާ އަށް ދިރިއުޅުއްވުން ބަދަލުކުރެއްވުމުގެ ކުރިން މެއި 6، 2019 ގައި ދެ ކަނބަލުންނަށް ވަނީ އަލަތު ދަރިކަލުން ލިބިވަޑައިގެންފަ އެވެ. އެއީ މިހާރު އުމުރުން ދެ އަހަރުގެ އާޗީ ހެރިސަން އެވެ.