Roadha Mihaaru
އިއްލެގެ ކުރު ފިލްމެއް ރޭޕްގެ ހާދިސާތަކަކަށް

އިއްލެގެ ކުރު ފިލްމެއް ރޭޕްގެ ހާދިސާތަކަކަށް

14 ޖޫން 2021

ފިލްމު "ބަވަތި" ގެނެސްދީގެން ބެލުންތެރިންގެ ސަމާލުކަން ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) "މަޒްލޫމް" ކިޔާ ކުރު ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމު "ބަވަތި" ގެނެސްދީގެން ބެލުންތެރިންގެ ސަމާލުކަން ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) "މަޒްލޫމް" ކިޔާ ކުރު ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މިހާރު ޓީޒާ ޓްރެއިލާ ވެސް އާންމުކޮށްފައިވާ މި ފިލްމުގައި ކިޔައިދޭނީ ރޭޕްގެ ޝިކާރައަކަށްވާ ދެ އަންހެނެއްގެ ވާހަކަ އެވެ.

ގާތްގަނޑަކަށް 45 މިނިޓްގެ "މަޒްލޫމް" ގެ މައިގަނޑު ރޯލްތަކުން ފެންނާނީ "ބަވަތި" ގެ ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ގެ އިތުރުން އެ ފިލްމުގެ ބަތަލު އިފްނާޒްގެ އިތުރުން އިއްލެގެ ކުރިއަށް އޮތް ފީޗާ ފިލްމު "ނީނާ" ގެ ބަތަލު ޝަރަފު އަބްދުﷲ އާއި މި ފަހުން ދިވެހި ގިނަ އުފެއްދުންތަކުން ފެންނަ އެންމެ އާންމު އެއް މޫނު ކަމަށްވާ ވާޝިޔާ މުހައްމަދު (ޝިިޔާ) ގެ އިތުރުން ބައިސްކޯފްގެ ކާމިޔާބު ސީރީޒް "އެހެނަސް" ގެ ރޯލެއް ކުޅުނު އަހުމަދު ޝާރިފް އެވެ.

އިއްލެގެ އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދޭ "މަޒްލޫމް" ގެނެސްދިނުމުގެ ތަައްޔާރީތައް ވަމުން އަންނަ އިރު އެ ސްޕޮންސަކޮށް، ސްޓްރީމިން ރައިޓްސް އަށް ޝައުގުވެރިވާނެ ޕްލެޓްފޯމެއް ހޯދަން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އައި ފިލްމްސް އަންނަނީ "ބިރުވެރި ވާހަކަ" ގެ ނަމުގައި ވެސް ތަފާތު ވާހަކަތަކެއް ކިޔައިދޭ 15 އެޕިސޯޑްގެ ސީރީޒްއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ.

ދެހާސް ނަވާރައިގެ ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" ގެ ބޮޑު ކާމީޔާބީ އަށް ފަހު އިއްލެ ގެނެސްދޭން އުޅޭ ދެވަނަ ފީޗާ ފިލްމު "ނީނާ" އަކީ ކޮވިޑް-19އާ ހެދި ބެލުންތެރިންނަށް ގެނެސްނުދެވި ތާށިވެފައި އޮތް ފިލްމެކެވެ.