ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒް ފުރިހަމަކުރުމަށް ތަފާތު ދެ ބްރޭންޑުން ކޮވިޑް ވެކްސިން ދިނުމުގެ ހުއްދަ ސައުދީ އަރަބިއްޔާގައި ދީފި އެވެ.
25 ޖޫން 2021
ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒް ފުރިހަމަކުރުމަށް ތަފާތު ދެ ބްރޭންޑުން ކޮވިޑް ވެކްސިން ދިނުމުގެ ހުއްދަ ސައުދީ އަރަބިއްޔާގައި ދީފި އެވެ.
އެ ހުއްދަ ސައުދީގެ ނެޝަނަލް ސައިންޓިފިކް ކޮމިޓީ ފޯ އިންފެކްޝަސް ޑިޒީޒެސް އިން ދިނީ ބުދަ ދުވަހު އެވެ. އެ ގައުމުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑްގެ ދެ ޑޯޒް ތަފާތު ދެ ވެކްސިނަކުން ފުރިހަމަ ކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް އަންގައި، އެގޮތަށް ވެކްސިން ދިނުމުގެ ހުއްދަ ދީފައިވާތީ ދެން އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށެވެ.
"ނެޝަނަލް ސައިންޓިފިކް ކޮމިޓީ ފޯ އިންފެކްޝަސް ބުނެފައި ވަނީ ދެ ޑޯޒް ތަފާތު ދެ ވެކްސިނަކުން ދިނުމަކީ ބަލީގެ ރައްކާތެރިކޮށް ކަށަވަރުކޮށްދޭން އިތުރަށް ބާރު ވެސް އަޅާކަމެއް ކަމެއް،" ބަޔާނުގައި ބުންޏެވެ. "އެހެންވީމަ ދެން ވެކްސިން ދިނުމުގައި ކޮންމެހެން އެއް ވައްތަރު ދެ ޑޯޒްގެ ޖަހާކަށް އިސްކަމެއް ނުދޭނެ."
#SaudiArabia's National Scientific Committee for Infectious Diseases has given its approval for using different #COVID19 vaccines for the first and second dose. https://t.co/PXFpmzb1uL
— Saudi Gazette (@Saudi_Gazette) June 23, 2021
މިނިސްޓްރީން ބުނި ގޮތުގައި އެ ހުއްދަ އެގޮތަށް ލިބުމަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ އަދަދު ވެސް އިތުރުވެގެން ދާނެ ކަމެކެވެ. ބައެއް ވެކްސިންތަކުގެ ސަޕްލައި ދަށްވެގެން، ކުރިން ޖެހި ޑޯޒްގެ ތާށިކަމާ ހެދި ދެވަނަ ޑޯޒް ނުޖެހޭ މައްސަލަ އަކީ ސައުދީގައި ވެސް ދިމާވެފައި އޮތް މައްސަލައެކެވެ.
ނަމަވެސް މިހާރު ދެ ދައްތަރެއްގެ ދެ ޑޯޒް ޖަހަން ހުއްދަ ލިބިފައިވާތީ ވެކްސިން ޖަހާ ނިސްބަތް އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް ސައޫދީ ހެލްތު މިނިސްޓްރީން ބުންޏެވެ. ދެ ވައްތަރުގެ ދެ ޑޯޒް ވެކްސިން ޖެހުމަކީ ބައެއް ގައުމުތަކުގެ އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ނަމެކެވެ. ނަމަވެސް ބައެއް ގައުމުތަކުގެ ވެރިން ވެސް ކޮވިޑް ވެކްސިންފެ ދެ ވައްތަރުގެ ދެ ޑޯޒް ޖަހާފައިވެ އެވެ.
ސައޫދީ އާބާދީގައި ހިމެނޭ ބޮޑެތި މީހުންގެ ތެރެއިން 70 ޕަސެންޓް ނުވަތަ 16.9 މިލިއަން މީހުންނަށް މިހާތަނަށް ވެކްސިން ދީފައިވެ އެވެ.
އެ ގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 470،000 އަށް ވުރެ މަތީގައި އުޅޭ އިރު، ބަލީގައި މަރުވި މީހުންގެ އަދަދު 7،700 އަށް ވުރެ ގިނަ އެވެ.
ޕާކިސްތާނުގައި ސިމް ބްލޮކްކުރާތީ ވެކްސިން ޖެހުން އިތުރު
ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް
ވެކްސިން ނުޖެހުމުން ޝޯއަކުން ވަކިކުރި އެކްޓަރަކު ކޯޓަށް
ރަޝިއާގެ ކޮވިޑް ވެކްސިންގެ ކާމިޔާބީ ފާހަގަކުރަނީ
ވެކްސިންނުޖަހާ މީހުންނާ ބައްދަލެއް ނުކުރަން: އެނިސްޓަން
ޔޫކޭގައި ވެކްސިން ޖަހާ ޒުވާނުންނަށް ޑިސްކައުންޓް
ވެކްސިން ނުޖަހާ ނަމަ ޖަލަށް ލާނެކަމުގެ އިންޒާރު ދީފި
އިންޑޮނީޝިއާގައި ކޮވިޑް ވެކްސިން ޖެހުމުން ކުކުޅެއް
ޕާކިސްތާނުގައި ވެކްސިން ނުޖަހާ ނަމަ ސިމް ބްލޮކްކުރަނީ
ކޮވިޑް ވެކްސިން ނުޖަހާ ނަމަ މުސާރަ ނުދޭ ނިންމުމެއް