ރާއްޖޭން މިޔަރު އުރަހަ ބޭރުކުރަން އުޅުނު މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި އެވެ.
06 ޖުލައި 2021
ރާއްޖޭން މިޔަރު އުރަހަ ބޭރުކުރަން އުޅުނު މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު، ލޮނުމަސް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން 429 ކިލޯގެ މިޔަރު އުރަހަ، ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހިފަހައްޓައިފަ އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި މިއަދު ދެ މީހަކަށް ދައުވާކޮށް، ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ދައުވާކޮށްފައިވާ ދެ މީހުންނަކީ އައްބާސް އަބްދުﷲ އާއި އަހުމަދު މުހައްމަދު ކިޔާ ދެ މީހުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މީހުންނަށް ކުރި ދައުވާތަކަކީ ރާއްޖެއިން ސިއްރުން މުދާ ބޭރު ކުރުމުގެ ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިޔަރު އުރަހަ ބޭރުކުރަން އުޅުނީ "ހޯމް ޓައުން ސަޕްލައިސް" ކިޔާ ވިޔަފާރިއެއްގެ ނަމުގަ އެވެ. ވިޔަފާރި ރަޖިސްޓްރީކޮށްފައިވަނީ އައްބާސްގެ ނަމުގަ އެވެ. އުރަހަ ބޭރުކުރަން އުޅުނީ މި މައްސަލާގައި ދެން ދައުވާ ލިބޭ މީހާގެ ބެލުމުގެ ދަށުންނެވެ.
We have today prosecuted 2 individuals for; Smuggling of sharkfin (Customs Act 97), Deceptive Practice (PC 313), Unsworn Falsification (PC 520).
— Hussain Shameem (@HuShameem) July 6, 2021
A joint investigation is launched to find other members of this criminal enterprise.@koamasfurolhi @anuahsa @DrHussainHassan
މީގެ ހަ މަސް ކުރިން އެ މިޔަރު އުރަހަތައް އަތުލައިގަތަސް، އެ މައްސަލައިގައި ދައުވާ ނުކުރެވި ގިނަ ދުވަސްވީ އެ މައްސަލަ ތަހުގީގު ކުރި ކަސްޓަމްސްގެ ލަސްކަމުންނެވެ.
ކަސްޓަމްސްއިން ބުނެފައި ވަނީ ތަހުގީގު ލަސްވީ، ކޮވިޑްގެ ސަބަބުން މީހުންގެ ބަޔާން ނެގުމާއި ދައުލަތުގެ އެހެން އިދާރާތަކުން ބޭނުންވާ ލިޔުންތައް ހޯދުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ.
ކަސްޓަމްސްއާ ހެދި މިޔަރު އުރަހައިގެ މައްސަލަ ހުއްޓިފައި
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
ވާނުވާ ބަންދުގައި 417 މީހުން، ޖަލުތައް ފުރިފައި!
މުޒާހަރާކުރި ޓެކްސީ ޑްރައިވަރުންނަށް ދައުވާކޮށްފި
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
މަޝްއަރު ކުންފުނީގެ ވެރިޔާ އަށް ދައުވާ ކޮށްފި
"ވާނުވާގައި" އަދިވެސް އޮތީ ވާހަކަ، ނެތީ ހައްލެއް!
"ކަންބޮޑުވުމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުން"
ވަގަށް މިޔަރު ބޭރުކުރަން އުޅުނު ކުންފުނި އާންމުކޮށްފި
ބައިޓަނުގެ މިޔަރު ބޭރުކުރަން އުޅުނު ކުންފުނި ސިއްރު