Roadha Mihaaru
49 ރަށެއްގެ 50 ޕްރޮޖެކްޓަކަށް ބީއެމްއެލްގެ އެހީ

49 ރަށެއްގެ 50 ޕްރޮޖެކްޓަކަށް ބީއެމްއެލްގެ އެހީ

13 ޖުލައި 2021

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް 49 ރަށެއްގެ 50 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް 49 ރަށެއްގެ 50 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ބީއެމްއެލް އިން އިފްތިތާހްކޮށްފައި ވަނީ ފެބްރުއަރީ 2019، ގަ އެވެ. މި ފަންޑު ހެދީ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ.

މިހާތަނަށް ރާއްޖޭގެ 18 އަތޮޅެއްގައި 49 ރަށަކަށް 50 ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ބީއެމްއެލް އިން ފޯރުކޮށްދީފައިވެ އެވެ. މީގެ ތެރެއިން 30 ރަށެއްގައި ހިންގި ޕްރޮޖެކްޓެއް ވަނީ ނިންމައިފަ އެވެ.

ބީއެމްއެލް އިން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކޮމިއުނިޓީ ޕާކް، އައުޓްޑޯ ޖިމް، މަސްކަނޑާތަން ، ކުޑަކުދިންގެ ޕާކް، ސޯލާ ލައިޓް ހަރުކުރުން، ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާ ކުރުން، ބިއްލޫރި ފުޅި ހަދިޔާ ކުރުން، ނޭޗާ ޕާކް ތަރައްގީ ކުރުން، ލައިބްރަރީ ތަރައްގީ ކުރުމާއި، ކުނި މެނޭޖް ކުރުމަށް އެހީތެރިވުމާއި ސްކޭޓް ޕާކާއި ޕިކްނިކް ސަރަހައްދު ގާއިމްކުރުން ފަދަ ތަފާތު ޕްރޮޖެކްޓްތައް ހިމެނެ އެވެ.

ބީއެމްއެލް އިން ކޮންމެ އަހަރަކު ވެސް އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ. މުޖުތަމަ އަަށް ފައިދާކުރާނެ ޕްރޮޖެކްޓްތަކުގެ އިތުރުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ވެސް ޕްރޮޕޯސަލް ހުށަހަޅެމުގެ ފުރުސަތު ދެ އެވެ.