Roadha Mihaaru
ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޕީޕީއެމް ބޭނުމެއް ނުވޭ

ނިޒާމު ބަދަލުކުރުމުގެ މަޝްވަރާގައި "ޔާމީންގެ ފިކުރެއް" ބައިވެރި ނުވާނަން: ޕީޕީއެމް

13 ޖުލައި 2021

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއެއްގައި ޕީޕީއެމް ބައިވެރި ނުވާ ކަމަށާއި ކުރިމަގުގައި ވެސް އެފަދަ މަޝްވަރާއެއްގައި ބައިވެރި ނުވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއެއްގައި ޕީޕީއެމް ބައިވެރި ނުވާ ކަމަށާއި ކުރިމަގުގައި ވެސް އެފަދަ މަޝްވަރާއެއްގައި ބައިވެރި ނުވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ނިޒާމުގެ ވޯޓެއް ނެގުމަށް 2006 ގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސް ކުރިއިރު، ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ތާއީދު ކުރެއްވިީ ބަރުލަމާނީ ނިޒާމަށެވެ.

ރައްޔިތުންގެ ބޮޑު ތާއީދަކާއެެކު ގެނެސްފައިވާ ރިޔާސީ ނިޒާމު ބަދަލުކުރަން ނަޝީދު މަސައްކަތްޕުޅު ފައްޓަވާފައިވާއިރު، އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ރާއްޖެ އަށް ބަރުލަމާނީ ނިޒާމު ގެންނަން ޔާމީނާއި ޕީޕީއެމްގެ ތާއީދު އެ މަނިކުފާނަށް ލިބޭނެ އެވެ. އެހެންވެ، އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް ނަޝީދު ވަނީ ނުސީދާ ގޮތެއްގައި ޕީޕީއެމްއަށް ދައުވަތު ދެއްވައިފ އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ 2007 ގައި ނެގި ނިޒާމާ ބެހޭ ވޯޓުގައި ރާއްޖެ އަށް ބޭނުންވަނީ ރިޔާސީ ނިޒާމެއް ކަން ރައްޔިތުން ނިންމުމާއެކު، އެ ދުވަހުން ފެށިގެން ޔާމީން މަސައްކަތްޕުޅު ކުރައްވަނީ އެ ވިސްނުމުގައި ކަމަށެވެ. ރިޔާސީ ނިޒާމުގައި ފަސް އަހަރުގެ ދައުރެއް ވަރަށް ކާމިޔާބު ކަމާއެކު ފުރިހަމަ ކުރެއްވީ ވެސް ޔާމީން ކަމަށް ޣައްސާން ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ކޯލިޝަންގެ ބައެއް އިސްވެރިން ވާހަކަ ދައްކަވަނީ.---ފޮޓޯ:އ އަހުމަދު އަވްޝަން/މިހާރު

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ކޯލިޝަންގެ ބައެއް އިސްވެރިން ވާހަކަ ދައްކަވަނީ.---ފޮޓޯ:އ އަހުމަދު އަވްޝަން/މިހާރު

އެހެންކަމުން ޕީޕީއެމާއި ޔާމީން ވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާއެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕީޕީއެމުން، ރައީސް ޔާމީންގެ ފިކުރަކުން ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާއެއްގައި އެއްވެސް ބަޔަކާއެކީ ބައިވެރިއެއް ނުވަން، ބައިވެރިވާ ގޮތަކަށް ވެސް ނޫން މި ހުރީ،" ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރަން އެންމެ ބޮޑަށް ކެމްޕެއިން ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމުން މަސައްކަތް ކުރާނީ ޝައުރީ ނިޒާމުގެ ތެރެއިން ޔާމީން މިނިވަން ކުރުމަށެވެ. އަދި އެމަނިކުފާނު ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ވެސް ރިޔާސީ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.

ރާއްޖޭގައި އޮންނާނެ ނިޒާމާކާ ގުޅޭ ގޮތުން އޮގަސްޓު 18، 2007 ގައި ނެގި ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް ރައްޔިތުން ތާއީދުކޮށްފައި ވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބާއްވާށެވެ.