އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާ އަށް އަޅުކަމަށް ގޮސް ތިބި ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުގެ ފުލުހުން މިއަދު ހަމަލާ ދީ ބައެއް މީހުން މިސްކިތުން ބޭރުކޮށްފި އެވެ.
އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާ އަށް އަޅުކަމަށް ގޮސް ތިބި ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުގެ ފުލުހުން މިއަދު ހަމަލާ ދީ ބައެއް މީހުން މިސްކިތުން ބޭރުކޮށްފި އެވެ.
އިޒްރޭލުގެ ފުލުހުން ފަލަސްތީނުގެ މީހުންނަށް ހަމަލާ ދިނީ، ޔަހޫދީން ފާހަގަކުރާ ދީނީ މުނާސަބަތެއް ފާހަގަކުރުމަށް އަގްސާ މިސްކިތަށް ވަންނަން ބޭނުންވުމުން، ޔަހޫދީންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ޔަހޫދީން މިއަދު އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަންނާނެ ކަން އިއުލާން ކޮށްފައިވަނީ، ޔަހޫދީންގެ ދީނީ މުނާސަބަތެއް ކަމަށްވާ "ހައިކަލް ސުންނާފަތިކުރުން" ފާހަގަކުރުމުގެ ގޮތުންނެވެ.
"ހައިކަލް ސުންނާފަތިކުރުން" ފާހަގަކުރަނީ، ސަލާމްލެއްވި ސުލައިމާންގެފާނުގެ ހައިކަލް (ފައްޅި ނުވަތަ އަޅުކަން ކުރެއްވި ތަން) އަށް ބާބިލުން ހަމަލާދީ ބިމާ ހަމަކޮށްލި ދުވަހާއި ރޯމަނުންގެ ހަމަލާތަކުގައި ހީރޯދޯސްގެ ހައިކަލް (ދެ ވަނަ ފައްޅި) ސުންނާތި ކުރި ދުވަހުގެ ހަނދާން އާ ކުރުމުގެ ގޮތުންނެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރާ ކަމަކީ، ގާތްގަނޑަކަށް 25 ގަޑިއިރު ވަންދެން ހިފާ ރޯދައެއް ހިފުމާއި، އެ ހާދިސާގެ ހިތާމަ ފާޅުކުރުމެވެ.
އެ ދުވަސް ފާހަގަކުރަނީ ޔަހޫދީ ކަލަންޑަރުން އޮގަސްޓް މަހުގެ 9 ވަނަ ދުވަހު އެވެ. މީލާދީ ގޮތުން އެ ދުވަސް ދިމާވާނީ، ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅުގެ ދުވަހަކާ އެވެ. މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން، އެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަގްސާ މިސްކިތަށް ވަންނާނެ ކަން، މިމަހުގެ ކުރީކޮޅު ޔަހޫދީ ޖަމާއަތްތަކުން އޮތީ އިއުލާން ކޮށްފަ އެވެ.
ޔަހޫދީން ބައިބަޔަށް އަގްސާ މިސްކިތަށް މިސްރާބު ޖެހުމުން، އަގްސާ މިސްކިތުގައި ތިބި މުސްލިމުން އެތަނުން ބޭރުކުރުމަށް، އިޒްރޭލު ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައި، ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑިވެސް ޖަހައިފަ އެވެ. ޔަހޫދީ ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމާއެކު، ފަލަސްތީނުގެ ޒުވާނުން ވަނީ، އޮއްގަލުން އިޒްރޭލު ފުލުހުންނަށް ހަމަލާ ދީފަ އެވެ.
ޔަހޫދީންގެ ހަރުކަށި ޖަމާއަތްތަކުން ބުނި ގޮތުގައި، އިއްޔެގެ ހެނދުނުން ފެށިގެން އިރު އޮއްސުމާ ދެމެދު، ޔަހޫދީންގެ 1679 މީހަކު އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެ، ޔަހޫދީންގެ ދީނީ އަޅުކަމުގައި ބައިވެރިވި އެވެ. މުސްލިމުންގެ ތިން ވަނަ ހަރަމްފުޅުގެ ހުރުމަތް ކަނޑައި، ޔަހޫދީން އެ މިސްކިތަށް ވަންނަނީ، އިޒްރޭލު ފުލުހުންނާއި ސިފައިންގެ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންނެވެ.
ފަލަސްތީނު ސަރުކާރުން ބުނި ގޮތުގައި، މުސްލިމުންގެ ހުރުމަތްތެރި މިސްކިތެއްގެ ހުރުމަތް ކަނޑައި، އިތުރު ހަމަނުޖެހުންތަކަށް މަގި ފަހިކުރަނީ އިޒްރޭލު ސަރުކާރުންނެވެ.
އިޒްރޭލުގެ އާ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވި ގޮތުގައި، އަގްސާ މިސްކިތުގެ ސަރަހައްދަށް ޔަހޫދީން ވަނުމަށް ހުއްދަ ދީފައިވަނީ، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް ނޭޅޭ ގޮތުގެ މަތިންނެވެ. ޔަހޫދީންނާއި އިޒްރޭލު ފުލުހުން މިއަދު ހިންގި އަމަލުތައް ކުށްވެރިކޮށް ފަލަސްތީނު ސަރުކާރުންނާއި، އަގްސާ މިސްކިތުގެ ކަންތައް ބަލަހައްޓާ ފަލަސްތީނުގެ އިދާރާ އިން ބަޔާނެއް ނެރުމުން، ބެނެޓް ވިދާޅުވީ، އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި އަޅުކަން ކުރުމުގެ ފުރިހަމަ މިނިވަންކަން، ފަލަސްތީނުގެ މުސްލިމުންނަށް ވެސް އޮންނާނެ ކަމަށެވެ.
އަގްސާ މިސްކިތް ބައިކޮށްލުމަށް އިޒްރޭލުން ގާނޫނު ހަދަނީ
ޔަހޫދީން އަނެއްކާވެސް އަގްސާ މިސްކިތަށް ވަދެގެންފި
ޔަހޫދީންނަށް އަގްސާގައި އަޅުކަންކުރެވޭނެ: އިޒްރޭލް ކޯޓު
ޔަހޫދީން އަނެއްކާވެސް އަގްސާ އަށް ވަދެގެންފި
އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް އަރައިގެންފި
އިޒްރޭލުން ލުބްނާނަށް ބޮޑުބަޑީގެ ހަމަލާތަކެއް
އިޒްރޭލުން އަނެއްކާވެސް އަގްސާ މިސްކިތަށް ހަމަލާ ދީފި
ފަލަސްތީނު މީހުން އަގްސާ އަށް ޖަމާވުމަށް ގޮވާލައިފި
"ހުޅަނގު ގުދުސަކީ އިޒްރޭލުގެ ވެރިރަށެއް ނޫން"
އިޒްރޭލުން ރަތް ރޮނގުތައް ހުރަސްކޮށްފި: ފަލަސްތީން