Roadha Mihaaru
ޝައިޚް ހަސީނާގެ ހަދިޔާ، ރައީސަށް 500 ކިލޯގެ އަނބު

ޝައިޚް ހަސީނާ، ރައީސަށް 500 ކިލޯގެ އަނބު ހަދިޔާކުރައްވައިފި

19 ޖުލައި 2021

ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ "މެންގޯ ޑިޕްލޮމަސީ" ގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 500 ކިލޯގެ އަނބު ހަދިޔާކުރައްވައިފި އެވެ.

ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ "މެންގޯ ޑިޕްލޮމަސީ" ގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 500 ކިލޯގެ އަނބު ހަދިޔާކުރައްވައިފި އެވެ.

ބަންގްލާދޭޝްގެ ރަންގްޕޫރް ޑިސްޓްރިކްޓްގައި ހައްދާ ހާއްސަ އަނބެއް ކަމަށްވާ "ހަރިވަންގަ" އަނބުގެ އެތައް އެތައް ހާސް ކިލޯއެއް މި ސަރަހައްދުގެ ވެރިންނަށް ހަސީނާގެ ފަރާތުން ގެންދަވަނީ ހަދިޔާކުރައްވަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ވެސް 2،600 ކިލޯގެ އަނބު ވަނީ ހަދިޔާ ކުރައްވައިފި އެވެ.

މިއީ ބަންގްލާދޭޝްއާ އޮންނަ ގާތް އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ހަދިޔާކުރާ އެއްޗެކެވެ.

ރާއްޖެއަށް ބަންގްލާދޭޝް އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން ވަނީ، ބޮޑުވަޒީރުގެ މި ހަދިޔާ ރަސްމީކޮށް ހަވާލުކުރައްވައިފަ އެވެ. ބަންގްލާދޭޝްގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އަނބުތަކާ ރަމްޒީކޮށް ހަވާލުވެވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރެވެ.

ޝައިޚް ހަސީނާ މީގެ ކުރިން ވަނީ ރަހަ މީރު ހަރިވަންގަ އަނބުގެ ހަދިޔާ ބޫޓާން، ނޭޕާލް އަދި ސްރީ ލަންކާގެ ވެރިންނަށް ވެސް ފޮނުއްވައިފަ އެވެ.