Roadha Mihaaru
ބަތަލާ މިނިޝާ އަށް އާ ބައިވެރިއެއް

ބަތަލާ މިނިޝާ އަށް އާ ބައިވެރިއެއް

21 ޖުލައި 2021

ފަސް އަހަރުވީ ކައިވެނި މިދިޔަ އަހަރު ރަސްމީކޮށް ރޫޅުނު ބޮލީވުޑްގެ ބަތަލާ މިނިޝާ ލާމްބާ އާ ބައިވެރިޔަކު ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަސް އަހަރުވީ ކައިވެނި މިދިޔަ އަހަރު ރަސްމީކޮށް ރޫޅުނު ބޮލީވުޑްގެ ބަތަލާ މިނިޝާ ލާމްބާ އާ ބައިވެރިޔަކު ހޯދައިފި އެވެ.

އުމުރުން މިހާރު 36 އަހަރުގެ ބަތަލާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ދިއްލީ އަށް ނިސްބަތްވާ ވިޔަރާފެވެރިއެއް ކަމަށްވާ އާކާޝް މަލިކްއާ އެވެ. އެ ދެ މީހުން ގޯއާގައި މި ވަގުތު އެކީގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، އެކީގައި ނަގާފައިވާ ފޮޓޯތައް ވެސް މިނިޝާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

"ބަޗްނާ އޭ ހަސީނޯ" އާއި "ކޯޕަރޭޓް" އާއި "ކިޑްނެޕް" އަދި "ބޭޖާ ފްރައި 2" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ މިނިޝާގެ ކުރީގެ ފިރިމީހާ އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީއާ ދެބޭންގެ ދެދަރި ރެސްޓޯރަންޓް ވިޔަފާވެރިޔާ ރަޔަން ތަމް އެވެ.

އެ ދެ މީހުން ކައިިވެނިކުރީ 2015 ގަ އެވެ. އަދި ކައިވެނި ރަސްމީކޮށް މިދިޔަ އަހަރު ރޫޅައިލީ މައްސަލަތައް ޖެހި، ވަކިން އުޅޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ މިނިޝާގެ އެންމެ ފަހުގެ ފިލްމަކީ 2017 ގައި ސަޕޯޓިން ރޯލެއް ކުޅުނު "ބޫމީ" އެވެ.