ޓިއުނީޝިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް މައިތިރިކުރުމުގެ ގޮތުން، ރައީސް ގައިސް ސައީދު އެޅުއްވި ފިޔަވަޅެއްގެ ގޮތުން، ބޮޑުވަޒީރު ހާޝިމް މަޝީޝީ މަގާމުން ދުރުކޮށް، ގާނޫނު ހަދާ މަޖިލިސް ވަގުތީ ގޮތުން އިއްޔެ މެދުކަނޑަލައިފި އެވެ.
ޓިއުނީޝިއާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް މައިތިރިކުރުމުގެ ގޮތުން، ރައީސް ގައިސް ސައީދު އެޅުއްވި ފިޔަވަޅެއްގެ ގޮތުން، ބޮޑުވަޒީރު ހާޝިމް މަޝީޝީ މަގާމުން ދުރުކޮށް، ގާނޫނު ހަދާ މަޖިލިސް ވަގުތީ ގޮތުން އިއްޔެ މެދުކަނޑަލައިފި އެވެ.
ރައީސް ގައިސްގެ މިނިންމުމަށް އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތާއީދުކޮށް މަގުތަކަށް ނުކުމެ އުފާފާޅުކުރަމުން އަންނަ އިރު، ސިޔާސީ ވާދަވެރިންނާއި އިދިކޮޅު ޕާޓީތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެފަރާތްތަކުން ބުނާ ގޮތުގައި، މިއީ ރައީސް ގައިސް ގެންނެވި ބަޣާވާތެކެވެ.
ޓިއުނީޝިއާގައި އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުން އަންނަނީ، ކޮވިޑް-19 ވަބާ ކޮންޓްރޯލް ކުރުމުގައި ބޮޑުވަޒީރު ހާޝިމް މަޝީޝީގެ ސަރުކާރުން ކަންތައް ކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ. ބޮޑުވަޒީރު މަގާމުން ދުރުކުރެއްވުމަށް ފަހު، ނެރުއްވި ބަޔާނެއްގައި ރައީސް ގައިސް ވިދާޅުވި ގޮތުގައި، ވެރިކަމުގެ މަސައްކަތް ދެން ކުރިއަށް ގެންދަވާނީ އާ ބޮޑުވަޒީރެއް އައްޔަންކުރެއްވުމަށް ފަހު އެވެ.
ޓިއުނީޝިއާގެ ސިޔާސީ މަސްރަހަށް މިއައި ކުއްލި ބަދަލަކީ، 2014 ވަނަ އަހަރު، އެ ގައުމުގައި އެކުލަވައިލި ގާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް (ރައީސް، ބޮޑުވަޒީރު، ގާނޫނު ހަދާ މަޖިލިސް) ވަކިކުރި ފަހުން، ގާނޫނުއަސާސީ އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށް، ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
"ސަރުކާރުގެ ނިފާގުކަމާއި، އިންސާނީ ހައްގުތައް ނިގުޅައިގަތުމާއި މީހުންނަށް ޣަދަރުވެރިވެ ވަރަށް ގިނަ ބަޔަކަށް ސަރުކާރުން މަކަރު ހަދައި އޮޅުވާލައިފި. މިހާރުގެ ހާލަތާ ގުޅިގެން ހަތިޔާރު ބޭނުންކުރަން ނުވަތަ ބަޑިޖަހަން ވިސްނާ މީހުންނަށް އަހަރެން މިދެނީ އިންޒާރެއް. އެފަދަ ކޮންމެ އަމަލަކަށް، ސިފައިން ބަޑީގެ ވަޒަނުން ރައްދު ދޭނެ،" ދައުލަތުގެ މީޑިއާ އިން އާންމުކުރި ބަޔާނުގައި ރައީސް ގައިސް ވިދާޅުވި އެވެ.
މަސްރަހު ފިނިކުރެއްވުމުގެ ގޮތުން ކަމަށް ވިދާޅުވެ ރައީސް ގައިސް އެޅުއްވި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ލިބިގެންވާ އިމްތިޔާޒްތައް ހިފެހެއްޓެވުން ވެސް ހިމެނެ އެވެ. ރައީސް ގައިސް ވިދާޅުވި ގޮތުގައި އޭނާ މި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ގާނޫނީ އިމުގެ ތެރެއިންނެވެ.
ރައީސް ގައިސްގެ ފަރާތްޕުޅުން މި ބަޔާން ނެރުއްވީ، ގައުމުގެ ސަލާމަތީ ބާރުތަކުގެ ވެރިންނާ އެކު، ރިއާސީ ގަނޑުވަރުގައި އިއްޔެ ބޭއްވެވި ކުއްލި ބައްދަލުވުމަކަށް ފަހު އެވެ.
ކޮވިޑްގެ މައްސަލައިގައި ޓިއުނީޝިއާގެ ބޮޑެތި ހުރިހާ ސިޓީތަކެއްގައި މުޒާހަރާތައް ކުރިއަށް ދާއިރު، ގިނަ ބަޔަކު ފާޑުކިޔައި އަޑުއުފުލަމުން ދަނީ، ގާނޫނު ހަދާ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ލިބިފައިވާ އައްނަހްޟާ ޕާޓީ އަށެވެ.
ރައީސް ގައިސްގެ މި ނިންމެވުމަށް ޓިއުނީޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރާޝިދު ޣައްނޫޝީ ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ނިންމެވުންތަކަކީ، ރައްޔިތުން އެ ގައުމަށް ގެނައި އިންގިލާބާއި ގައުމުގެ ގާނޫނުއަސާސީއާ ދެކޮޅަށް ހިންގެވި ބަގާވާތެކެވެ.
"އަހަރެމެން ދެކިގެން މިތިބީ ގާނޫނުއަސާސީގެ ބާރު މިހާރު ވެސް ފުރިހަމައަށް ހިނގާ ކަމަށް. އައްނަހްޟާ ޕާޓީއަށް ތާއީދުކުރާ މީހުންނާއި މި ގައުމުގެ ރައްޔިތުން، މި ގައުމަށްޓަކައި ރައްޔިތުން ގެނައި އިންގިލާބު ހިމާޔަތްކޮށް ނަގަހައްޓާނެ،" ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ޣައްނޫޝީ ވިދާޅުވި އެވެ.
"ރައީސް ގައިސް ސައީދު އެ ކުރައްވާ ކަމަކީ، ރައްޔިތުންގެ އިންގިލާބާއި ގާނޫނުއަސާސީއާ ދެކޮޅަށް ދައުލަތުގެ ފަރާތުން ހިންގަވާ ބަގާވާތެއް."
ރައީސް ގައިސް ސައީދު އާއި ބޮޑުވަޒީރު މަޝީޝީއާ ދެމެދު ސިޔާސީ ދެބަސްވުންތަކެއް އުފެދިފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ދެ ބޭފުޅުންގެ ދެކޮޅުވެރިކަން ބޮޑުވަމުންދާ ވަރަކަށް، ގައުމުގެ އިގްތިސާދަށް އޭގެ ނުރަނގަޅު އަސަރު ފޯރައި، ކޮވިޑް ކޮންޓްރޯލް ކުރުމުގައި ވެސް އެކަށީގެންވާ ކާމިޔާބެއް ނުލިބޭތީ، ރައްޔިތުންގެ ރުޅިވެރިކަން އަންނަނީ ބޮޑުވަމުންނެވެ.
މުޒާހަރާތަކުގައި އިސްވެ އުޅޭ ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، ޓިއުނީޝިއާގެ ސިޔާސީ މަސްރަހާއި އިގްތިސާދީ ހާލަތު ގޯސްވެގެން ދިޔައީ، ބޮޑުވަޒީރު މަޝީޝީ އަށް އެކަށީގެންވާ ގޮތެއްގައި ސަރުކާރު ނުހިންގޭ އިރުވެސް، ރައީސް ގައިސް ސައީދު އެކަން ހައްލުކުރެއްވުމަށް ފިޔަވަޅު ނޭޅުއްވުމުންނެވެ.
ތޫނިސްގައި އާންމުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގަނީ
ތޫނިސްގެ އާ ސަރުކާރު އިއުލާންކޮށްފި
އަރަބި ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ތޫނިސްގައި
ތޫނިސްގެ ރައީސް ބާރު ގަދަކުރައްވަނީ، އިދިކޮޅު ރަތަށް
ތޫނިސްގެ ގާނޫނުއަސާސީ ބަދަލުކުރަނީ
ދައުލަތުން މީޑިއާތަކަށް ދޭ އެހީއަށް އެދެން ހުޅުވާލައިފި
އުމްރާނީ މަސައްކަތްތަކަށް ސަރުކާރުގެ ކުންފުންޏެއް
"ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް"
ހިދުމަތްތެރިންގެ އެވޯޑަށް ހުޅުވާލައިފި
"ގައުމު މި ހާލަތަށް ވައްޓާލީ ކުރީގެ ސަރުކާރުތަކުން"