ތޫނިސްގެ ސިޔާސީ މަސްރަހަށް މިހާރު ގެނެސްފައިވާ ބަދަލުތަކާ މެދު އާންމު ރައްޔިތުން ދެކޭ ގޮތް ބެލުމަށް، އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް، އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ނަގަން ގަސްދުކުރައްވާ ކަމަށް އެ ގައުމުގެ ރައީސް ގައިސް ސައިއްޔިދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ތޫނިސްގެ ސިޔާސީ މަސްރަހަށް މިހާރު ގެނެސްފައިވާ ބަދަލުތަކާ މެދު އާންމު ރައްޔިތުން ދެކޭ ގޮތް ބެލުމަށް، އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް، އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ނަގަން ގަސްދުކުރައްވާ ކަމަށް އެ ގައުމުގެ ރައީސް ގައިސް ސައިއްޔިދު އިއްޔެ ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ސަރުކާރު އުވާލައްވައި ގާނޫނު ހަދާ މަޖިލިސް ބަންދު ކުރެއްވުމަށް ފަހު، ވެރިކަމުގެ ހުރިހާ ބާރުތަކެއް އަމިއްލަ ކުރައްވައިގެން ހުންނެވި ރައީސް ގައިސް ވިދާޅުވި ގޮތުގައި، މިހާރު އޮތް އިސްތިސްނާ ހާލަތު އަދިވެސް އެ ގޮތުގައި ކުރިއަށް ދާނެ އެވެ.
ގައުމީ ޓީވީން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އަލަށް އެކުލަވައިލި، އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ޑިސެމްބަރު 17، 2022 ގައި އޮންނަ އާންމު އިންތިހާބާ ހަމައަށް ކުރިއަށް ދާނީ، މިހާރު އޮތް އިސްތިސްނާ ހާލަތެވެ. އޭގެ ކުރިން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަނީ، ސަރުކާރު އުވާލައި އިސްތިސްނާ ހާލަތުގެ ދަށުން ގައުމުގެ ކަންތައް ހިނގަމުންދާ ގޮތާ މެދު އާންމު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށެވެ.
އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން ހުށަހަޅާ ކަންކަން ދިރާސާކޮށް ދެނެގަތުމަށް، ވަރަށް އަވަހަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް މިއަންނަ އަހަރުގެ ޖޫން 25ގެ ނިޔަލަށް ނިންމަންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭރުން، ތޫނިސްގެ ގާނޫނުއަސާސީ އަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިކަން އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ބަދަލުތައް ގާނޫނުއަސާސީ އަށް ގެނައުމުން، ގައުމުގެ ވެރިކަން ރައްޔިތުންގެ އަތްމައްޗަށް ފުރޮޅިގެން ދާނެ އެވެ. އަދި ބޭރު ގައުމުތަކުން ތަފާތު މާލީ މަންފާތައް ހޯދައިގެން ގައުމުގެ މަސްލަހަތު ނަގައިލަން މަސައްކަތްކުރާ އެއްވެސް މީހަކަށް، ގާނޫނު ހަދާ މަޖިލީހުން ފުރުސަތު ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތޫނިސްގެ ޝަރުއީ ދާއިރާ އިން ބުނި ގޮތުގައި އެ ގައުމުގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު ތިން ޕާޓީން ބޭރު ގައުމުތަކުން މާލީ މަންފާތަކެއް ހޯދާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް، މިދިޔަ ޖުލައި މަހުން ފެށިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގައި މިވަގުތު އެންމެ ގިނަ ގޮނޑި ހޯދާފައިވާ ނަހްޟާ ޕާޓީ އާއި ހާޓް އޮފް ޓިއުނީޝިއާ ޕާޓީގެ ބައެއް މެމްބަރުން ހިމެނެ އެވެ.
ތުހުމަތުކުރެވޭ ގޮތުގައި އެ ދެ ޕާޓީން، 2019 ވަނަ އަހަރުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރީ ބޭރު ގައުމަކުން ފައިސާ ހޯދައިގެން ރައްޔިތުންނަށް ރިޝްވަތު ދީގެންނެވެ.
ނަމަވެސް އެ ޕާޓީތަކުން ބުނާ ގޮތުގައި އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެކެވެ. އަދި އެއީ ރައީސް ގައިސްގެ ހުދުމުހުތާރު އަމަލުތަކާ ދެކޮޅަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވައިލުމަށް ދުރާލައި ރާވައިގެން ހިންގާ ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް ވެސް އެ ޕާޓީތަކުން ބުނެ އެވެ.
އަރަބި ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ތޫނިސްގައި
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ
އިތިއޮޕިއާ ސިފައިން މުހިންމު ދެ ސަރަހައްދެއް ހިފައިފި
އިންތިހާބަށް ފަހު ސިފައިން ސިޔާސީ ކަންކަމާ ދުރުވާނެ
ތޫނިސްގައި ސިޔާސީ ހަމަނުޖެހުން އިތުރުވަނީ
ސޫދާންގެ މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރުކޮށްފި
ސޫދާންގެ އަސްކަރީ ސަރުކާރަށް ފިއްތުން އިތުރުވަނީ
ތޫނިސްގެ އާ ސަރުކާރު އިއުލާންކޮށްފި
ތޫނިސްގެ ރައީސް ބާރު ގަދަކުރައްވަނީ، އިދިކޮޅު ރަތަށް
ތޫނިސްގެ ގާނޫނުއަސާސީ ބަދަލުކުރަނީ