ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ރިލީފް ލޯނު ދިން ގޮތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެ ލޯނުތައް ދޫނުކުރި ނަމަ އިގްތިސާދު މިހާރަށް ވުރެ ވެސް ގޯސް ވީސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
28 ޖުލައި 2021
ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ރިލީފް ލޯނު ދިން ގޮތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެ ލޯނުތައް ދޫނުކުރި ނަމަ އިގްތިސާދު މިހާރަށް ވުރެ ވެސް ގޯސް ވީސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދީފައި ހުރީ ރަނގަޅަށް ކަމަށެވެ.
ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށާއި، އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަތީގެ އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ލޯނު ދީފަ އެވެ. މިހާތަނަށް 2،100 އެސްއެމްއީއަކަށް 360 މިލިއަން ރުފިޔާ ދީފައިވާ އިރު ،ބޮޑެތި 400 ވިޔަފާރިއަކަށް 585 މިލިއަން ރުފިޔާ އާއި އަށް މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.
"މިހާރު އަންދާޒާ ކުރަނީ މިދިޔަ އަހަރު އިގްތިސާދު ދަށަށް ދިޔައީ 29 ޕަސެންޓަށޭ. އެ އަށް ވުރެ ވެސް ބޮޑަށް އިގްތިސާދު ދަށަށް ދިޔައީސް، އަޅުގަނޑުމެން އެ އިންޓަވެންޝަން ނުގެނައި ނަމަ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ލޯނު ދިނުމުގައި ހަމައެކަނި އިސްކަން ދީފައި ވަނީ ޓޫރިޒަމް ސެކްޓާ އަށް ނޫން ކަމަށެވެ. އޭގެ އިތުރުން ކޮންސްޓްރަކްޝަނާއި ރީޓެއިލް ސެކްޓާ އަށް ވެސް ލޯނުތައް ދޫކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހީތައް ދިނުމުގައި ބަލަނީ ވީހާ ވެސް ލުއި ގޮތަކަށް ލޯނުތައް ދިނުމަށެވެ. ސަރުކާރުން އީއައިބީ ލޯނުތައް ދޫކުރީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ހަތަރު އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.
"މި ލިބޭ ވޯކިން ކެޕިޓަލް ލޯނު ބޭނުން ކޮށްގެން ވިޔަފާރިތައް ފުޅާ ކުރާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. ކުންފުނިތަކުން ވެސް އެގޮތަށް މަސައްކަތްތައް ކުރާނެ ކަމަށް ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
ވިޔަފާރިތަކުގެ އިތުރަށް ސަރުކާރުން ވަނީ ވަޒީފާ ގެއްލުނު 22،000 މީހުންނަށް 420 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އޭގެ އިތުރުން ކަރަންޓާ ފެނުން ވެސް ހާއްސަ ޑިސްކައުންޓްތަކެއް ދިނެވެ. އަދި ލޯނުތައް އަނބުރާ ދެއްކުމުގައި އާންމުންނަށް ލޯނު ފަސް ކުރަން ފުރުސަތު ދިނެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަނީ!
ލޯނު ދޭނެކަމުގެ ޔަގީންކަން އޮތީ ދީފައި: އަމީރު
އަތޮޅު ފިހާރައިން ކައުންސިލްތަކަށް 125މިލިއަން ނުލިބޭ
ފިނޭންސްގެ އިމާރާތުގެ ފުރަތަމަ ފްލޯ މުޖުތަބާގެ ނަމަށް
ޑެފިސިޓް ކުޑަނުކޮށް ކުރިއަށް ދެވޭނެ މަގު ހަނި: އަމީރު
ސަޕްލިމެންޓްރީ ބަޖެޓް ލަސްވުން، ހަރަދުތަކަށް ދަތިތަކެއް
ސަޕްލިމަންޓްރީ ބަޖެޓު ފޮނުވީ ކުރިންވެސް ފޮނުވާ ގޮތަށް
ސަޕްލިމެންޓްރީ ބަޖެޓަށް މަދުވާ މައުލޫމާތު ދޭން އެދެފި
"ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު"
ރާއްޖެ-މެލޭޝިއާ އާމްދަނީގެ ޑަބަލްޓެކްސޭޝަން ހުއްޓާލަނީ